ގެއަކަށް ވައްދައި ފޭރުނު މައްސަލައިގައި ބަޔަކަށް ދައުވާކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަަނަ ދުވަހު ދިލްބަހާރުމަގު މއ. މަސްފަންގެ ކައިރީގައި ހުރި މީހަކު ގެއަކަށް ވައްދައި ފޭރުނު މައްސަލައިގައި ދައުވާކުރީ ތިން ދިވެހީންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސ. ހިތަދޫ، ސޯމާ، ޝަފީގު އިބްރާހީމްއާއި، މއ. މަސްފެން، މުޙައްމަދު ރީހާންއާއި، މއ. މަސްފެން، އައިޝަތު އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ މީހުން ފޭރުނީ މީހަކު މއ. މަސްފަނަށް ވައްދައި ވަޅިން ބިރު ދައްކައި އޮރިޔާންކޮށް އަނިޔާކޮށްގެން ކަމަށެވެ. އަދި އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ވެސް ނެގި ކަމަށް ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ ތިން މީހުންގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މަހު 23 ގައި ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އަނިޔާއެއް ދިނުމާއި އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ އިތުރުން ފޭރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން