މާލެ އަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ޢާމްދަނީއަށް ހީނަރުކަން ކުރިމަތިވެ، ދިރިއުޅޭ ތަނަށް ކުލިދެއްކުމުގައި އުފެދިފައިވާ ހާސްކަމަށް އޮތް ޙައްލަކީ ރަށްރަށުގެ ރައްޔިތުން އަނބުރާ ރަށަށް ދިއުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ މާލެއަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށެވެ. ދިމާވާ މައްސަލަތައް ޙައްލު ކުރުމުގައި ޤައުމީ ރޫޙެއްގައި މަސައްކަތްކޮށް ޙައްލު ކުރުމުގެ ފަންވަރު މި ރާއްޖޭގައި އެބަހުރި ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި ކުލި ނުދެއްކިގެން ރަށަށް ދާން ޖެހުމަކީ ޙައްލެއް ނޫންކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
މި މައްސަލާގައި މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރަށްރަށުގެ މީހުން މާލެ އައިސް މާލޭގައި އުޅެނީ މެމްބަރު ކުލި ދައްކައިދީގެން ނޫން ކަމަށެވެ. އަދި ރަށްރަށުގެ ކުދިން މާލެ އައިސް ކިޔަވައިގެން މޮޅު މީހުންނަށް ވެފައި ވަނީ އެކުދިންގެ މައިންބަފައިން މާލެ އައިސް ބޮޑު ޤުރުބާނީއެއް ވެގެން ކަމަށެވެ. އެމްޑީޕީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނޭ މަނަދޫ ޠާރިޤް އިތުރަށް ވިދާޅުވީ، ވިޔަފާރި ވެރިންނަށް އެހީވެފައި، ރަށްރަށު މީހުން ރަށަށްދާން ގޮވާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.
މެމްބަރު ޢީސަގެ ވާހަކައާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ ޢީސަގެ ވާހަކައަށް ބާރު ލިބޭފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޢީސަ ދެއްކެވީ ކަން އޮތްގޮތުގެ ވާހަކަ ކަމަށާއި، މި ދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކީ، މި ޙާލަތުން އަރައިގަނެވެންދެން ރައްޔިތުން ކެތްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުން ކަމުގައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ގިނަބައެއްގެ ފާޑުކިއުން އެމަނިކުފާނަށްވެސް ވަނީ އަމާޒުވެފައެވެ.

Male’ akee hurihaa dhivehinge rasheh. Kuli nudhekkigen rah rashah dhaan jehumakee halleh noon. Gaumee roohuga enmen masahkaih koggen hallu kurumuge fanvaru Insha Allah mi raajjeyga eba huri.
— Mohamed Ghassan Maumoon (@mgmaumoon) April 3, 2020
މި މައްސަލާގައި މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރަށްރަށުގެ މީހުން މާލެ އައިސް މާލޭގައި އުޅެނީ މެމްބަރު ކުލި ދައްކައިދީގެން ނޫން ކަމަށެވެ. އަދި ރަށްރަށުގެ ކުދިން މާލެ އައިސް ކިޔަވައިގެން މޮޅު މީހުންނަށް ވެފައި ވަނީ އެކުދިންގެ މައިންބަފައިން މާލެ އައިސް ބޮޑު ޤުރުބާނީއެއް ވެގެން ކަމަށެވެ. އެމްޑީޕީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނޭ މަނަދޫ ޠާރިޤް އިތުރަށް ވިދާޅުވީ، ވިޔަފާރި ވެރިންނަށް އެހީވެފައި، ރަށްރަށު މީހުން ރަށަށްދާން ގޮވާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.
Rah rashu meehun male ais maleyga ulheny membaru kuli dhakkaidheegenneh noon.
— Mohamed Thoriq (@ManadhooThoriq) April 3, 2020
Rah rashu kudhin kiyavaigen molhu meehunnah vefa vanee ekudhynge mainbafain male ais vee bodu gurubaanyge Nathyja.
Viyafariverinnah eheevefa raajjetherey meehaa rashah dhaan govaalun bala eh nuganeyne.
މެމްބަރު ޢީސަގެ ވާހަކައާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ ޢީސަގެ ވާހަކައަށް ބާރު ލިބޭފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޢީސަ ދެއްކެވީ ކަން އޮތްގޮތުގެ ވާހަކަ ކަމަށާއި، މި ދަނޑިވަޅުގައި އެންމެ ބުއްދިވެރި ގޮތަކީ، މި ޙާލަތުން އަރައިގަނެވެންދެން ރައްޔިތުން ކެތްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުން ކަމުގައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ގިނަބައެއްގެ ފާޑުކިއުން އެމަނިކުފާނަށްވެސް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު