ހިންދީ ފިލްމު ބޫލް ބުލައްޔާ 3 ގެ ޕޯސްޓަރ ތަކެއް.
ހިންދީ ފިލްމު ބޫލް ބުލައްޔާ 3 ގެ ޕޯސްޓަރ ތަކެއް.
ފިލްމީ ތަރި ކާރްތިކް އާރިޔަން ގެ އެންމެ ކާމިޔާބު ފިލްމަކަށް ހިންދީ ފިލްމު ބޫލް ބުލައްޔާ 3 ވެގެންދާނެ ކަމަށް ލަފާކޮށްފިއެވެ.

ހުސްވި ހަފްތާގައި ރިލީޒްކޮށްފައިވާ މި ފިލްމުގެ ޓްރެއިލަރ އާއެކު، ޓްރޭޑް އެކްސްޕާޓުން މިހެން ލަފާކޮށްފައިވަނީ ޓްރެއިލަރ އިންވެސް ފެނިގެންދާ ކާރްތިކްގެ މޮޅު އެކްޓިންގ އަށް ބަލައެވެ.

ހިންދީ ފިލްމު ބޫލް ބުލައްޔާގެ ހުރިހާ ފިލްމު ތަކަކީ މަޖާ އަދި ބިރުވެރި މަންޒަރުތަކެއް ދައްކުވައިދޭ ފިލްމުތަކެކެވެ. ބޫލް ބުލައްޔާގެ ފުރަތަމަ ފިލްމަށް ފަހު މިފިލްމުގެ ސީކުއެލް އެއްގެގޮތުގައި ރިލީޒް ކުރި ބޫލް ބުލައްޔާ 2 ގެ ލީޑް ރޯލުން ކާރްތިކް އާރިޔަން ފެނިގެން ގޮސްފައިވާއިރު، ބޫލް ބުލައްޔާ 3 ގެ ލީޑް ރޯލުން ވެސް ފެނިގެން ދާނީ ކާރްތިކް އާރިޔަން އެވެ.

ކާރްތިކް ގެ އިތުރުން ބޫލް ބުލައްޔާ 3 ގެ މުހިންމު ރޯލު ތަކުން ވިދްޔާ ބާލަން އަދި މަދޫރީ ފެނިގެންދާނެއެވެ.

ހިންދީ ފިލްމު ބޫލް ބުލައްޔާ 3 ގެ ޓްރެއިލަރ ރިލީޒް ކުރުމުން ފިލްމު ކާމިޔާބު ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކާރްތިކް ގެ ފިލްމު ތަކުގެތެރެއިން ބޫލް ބުލައްޔާ 2 ވަނީ އޭނާގެ އެންމެ ކާމިޔާބު އެއްފިލްމުގެ ގޮތުގައި ހިމެނިފައެވެ. 2022 ވަނަ އަހަރު ރިލީޒް ކުރި ބޫލް ބުލައްޔާ 2 އަށް ފައިދާގެ ގޮތުގައި 266 ކަރޯޑް ރުޕީސް ނުވަތަ 32 މިލިއަން ޑޮލަރު ލިބިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއާއެކު މިފިލްމު ވެގެންދިޔައީ 2022 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ ކާމިޔާބު ފިލްމަށެވެ.

ބޫލް ބުލައްޔާ 3 ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން