ދިވެހިރާއްޖޭގައި ތަޢުލީމުދޭ އެންމެހާ ތަންތަނުގައި ކިޔަވައިދިނުން އިތުރު އެއްހަފުތާއަށް މެދުކަނޑާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ނެރުނު އެންގުމުގައި ވަނީ އޭޕްރީލް 5 ވަނަ ދުވަހުން ފެށިގެން 1 ހަފްތާގެ މުއްދަތަށް މުހިއްމު ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާކަމަށެވެ.
އެގޮތުން މިއެންގުމުގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ސްކޫލްތަކާއި، ތަޢުލީމުދޭ މަރުކަޒްތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށާއި، ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ތަމްރީނުދޭ މަރުކަޒްތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާފައިވެއެވެ. މި އެންގުމުގައި، ދިވެހިރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި، ޤުރުއާން ކްލާސްތަކާއި، އެހެނިހެން ތަޢުލީމުދޭ ކުލާސްތަކުގައި ކިޔަވައިދިނުންވެސް ވަގުތީގޮތުން މެދުކަނޑާލުމަށް ވެސް އަންގާފައި ވެއެވެ.
ދިވެހި ދަޢުލަތުގެ ގެޒެޓުގައި ޝާޢިއު ކޮށްފައިވާ މި އެންގުމުގައި، މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅުތަކެއް ކަމަށްވާތީ މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ޑިރެކްޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު