މަރްޔަމް ނަހްދާ ވަޙީދު   19 އޮކްޓޯބަރު 2024 - 5:11
ބޮލީވުޑްގެ ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ސަލްމާން ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ބްލޮކްބަސްޓަރ ތަރި ސަލްމާން ޚާންއަށް އަނެއްކާވެސް މަރުގެ އިންޒާރުތަކެއް ދީފި ކަމަށް މުމްބާއީގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެގޮތުން ސަލްމާން ޚާން އަށް މަރުގެ އިންޒާރުދީ، މުމްބާއީ ޓްރެފިކު ފުލުހުންގެ ވަޓްސްއެޕް ނަމްބަރަށް މެސެޖެއް ލިބިފައިވާ ކަމަށާއި، ސަލްމާނު ސަލާމަތުން ބަހައްޓަން ބޭނުންވާނަމަ ފަސް ކަރޯރު ރުޕީސް ދިނުމަށް އެ މެސެޖުގައި ވާކަމަށް ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ވެއެވެ. އަދި އެ ފައިސާ ނުލިބިއްޖެނަމަ ސަލްމާނުގެ ފުރާނައަށް ގެއްލުންވާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މި މެސެޖު ފޮނުވި ފަރާތުން ވަނީ ބާބާ ސިއްދީގީއަށްވުރެ ބޮޑުވަރު ސަލްމާނު އަށް ކުރާނެ ކަމަަށް ބުނެފައި ކަމަށެވެ. އަދި އެއީ ސަލްމާނު އަށް މީގެ ކުރިން ހަމަލާ ދިން ލޮރެންސް ބިޝްނޯ އާއި ގުޅުންހުރި ބައެއް ކަމަަށް މެސެޖުގައި ވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އިންޒާރަކީ ބަޔަކު މީހުން ސަމާސާއަކަށް ހަދައިގެން ކޮށްފައިވާ ޕްރޭންކު މެސެޖެއް ކަމަށް މުމްބާއީ ފުލުހުން ދެކޭ ކަމަށް ރިޕޯޓު ތަކުގައި ވެއެވެ. ނަމަވެސް މި މެސެޖު ފޮނުވި ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުންދާ ކަމަށާއި، މި މެސެޖުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި މަރުގެ އިންޒާރު ދީފައި މިވަނީ އިންޑިއާގެ މަޝްހޫރު ސިޔާސީ ފަރާތެއް ކަމަށްވާ ބާބާ ސިއްދީގީގެ މަރުގެ ސަބަބުން ސަލްމާނު އާއި އޭނާގެ އާއިލާގެ ވަށައިގެންވާ ސެކިއުރިޓީވެސް އިތުރަށް ވަރުގަދަ ކޮށްފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން