ދިވެހިރާއްޖޭގައި ޕްލާސްޓިކް ކުނި މެނޭޖްކުރުމުގެ ވަށާޖެހޭ އިގްތިސާދަށް އެޅި ފިޔަވަޅެއްގެ ގޮތުން، ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް)ގެ އެހީތެރިކަމާއެކު، ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި ނުވަތަ ޕެޓީގެ ބޭލްޑް ކޮންޓެއިނަރެއް، ރާއްޖޭން ބޭރަށް އެކްސްޕޯޓްކޮށްފި އެވެ.

މިމަޝްރޫޢަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުންކޮށް އަލުން ބޭނުންކުރުމުގެ އަމާޒުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

ވޯލްޑް ކްލީންއަޕް ޑޭ 2024ގައި ބޭއްވި މި ހަރަކާތުގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ހަރަދުކޮށްގެން، ޕިކަޕް އާއި ބެލަރ ހިމެނޭ ސާމާނު ސަރުކާރުގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފައިވެއެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި އިސްނެގުމަކީ ޕެޓް ފުޅި އެއްކުރުން ހަރުދަނާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި އިސްނެގުމުގައި ރީސައިކަލް ކުރުމަށް ބެލްޑް ޕެޓް ފުޅި މެލޭޝިއާ އާއި ޗައިނާއަށް އެކްސްޕޯޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަނުގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ޖުމްލަ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދީ، މިކަމަށް ބޭނުންވާ އާލާތްތަކާއި ނިޒާމުތައް ގާއިމް ކުރުން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ގިނަ ކުނި އުކާލަނީ ނުވަތަ އަންދާލަނީ ކ. ތިލަފުށި ސިނާއީ ރަށުގައި ކަމަށްވާއިރު، މި މަޝްރޫއަކީ ކުނި މެނޭޖްކުރުމުގެ ރަނގަޅު އުސޫލުތަކަށް ބަދަލުވުމެއް ތަމްސީލުކުރާ މަޝްރޫއެއްކަމަށް ކޮކާ-ކޯލާ ފައުންޑޭޝަނުން ބުނެއެވެ.

މި މަޝްރޫއުގެ އޮޕަރޭޝަންތައް ރަށްރަށާ ގުޅުވައިދިނުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ/މޯޕާ)ގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. އެގޮތުން ވެމްކޯއާ ގުޅިގެން މޯޕާއިން ވަނީ މުޖުތަމައުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް އެހީތެރިވެދީ، ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ގެނެވޭ ކޮމްޕެކްޓަރާއި ޕިކަޕް ފަދަ ވަސީލަތްތައް މާލޭ ސަރަހައްދާއި އެހެން ރަށްރަށުގައި ވެސް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފަ އެވެ.

"މި މަޝްރޫއަށް އަޅުގަނޑުމެންގެ ވިސްނުން ފުޅާވެފައިވަނީ ކުނި އެއްކުރުމަށް ވެސް ދުރަށް،" ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ކާލޮސް ޕަގޯއާގާ ވިދާޅުވި އެވެ. "މޯޕާ އާއި ވެމްކޯގެ މަސައްކަތްތަކަށް ބޭނުންވާ ހަރަދު ހަމަޖައްސައިދީގެން، އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ސަގާފަތެއް އާލާކޮށް، ވަށާޖެހޭ އިގްތިސާދަކަށް އެހީތެރިވުން."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން