ހުސްވި ޑިސެންބަރު މަހުން ފެށިގެން ހަލުއިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް 19 ޖެހިފައިވާ ދެމީހުން ރާއްޖެއިން ވެސް މިވަނީ ފެނިފައެވެ. މުޅި ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ މިފަދަ ރޯގާއެއް ރާއްޖެ ވެސް ނައިހެއް ނުދާނެކަން އަޅުގަނޑުމެން ކުރީންވެސް ގަބޫލުކުރީމުއެވެ.
މި ރޯގާ ރާއްޖެއަށް އަރާފާނެތީ ގިނަ ބަޔަކު ކަންބޮޑުވަމުން ދިޔައީ މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ބަލިފެތުރެމުން ދިޔަލެއް ބާރުކަމާއި ބަލި ޖެހޭ މީހުންގެ ތެރެއިން ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަ ވުމުގެ ސަބަބުންނެވެ. މިއާއެކު ރާއްޖޭގެ މީޑިޔާތަކުން މިބަލީގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރު ވަރަށް ބޮޑުކޮށް ގެނަސްދެމުން ގެންދިއުމުންނެވެ. ބަލި ރާއްޖެއަށް ނުވެސް އަންނަނީސް ބަލި ގެނަސް ބަޔަކަށް ބަލި ޖެއްސިއެވެ. ކަމާބެހޭ ފަރާތްތަކުން މައުލޫމާތު އޮޅުވާލައިގެން އުޅޭ ކަމުގެ ޝައްކުތައް ރައްޔިތުންގެ ހިތްތަކަށް ވެއްދިއެވެ. ސަރުކާރުން މިކަމަށް ތައްޔާރުވެފައި ނެތްކަން ދައްކަންވެސް ބަޔަކު މަސައްކަތް ކުރިއެވެ.
ދެން އިވުނީ ނުރައްކާތެރި ހާލަތަކަށް ހިނގައްޖެއްޔާ ރައްޔިތުން ކާޑަށް ޖެހި ބަނޑަށް ޖެހޭނެ ވާހަކައެވެ. އެވާހަކަ އެކި މަޖިލިސް ތަކާއި ޕޯޑިއަމް ތަކާއި މީޑިޔާތަކުގައި ތިލަކޮށްލީ ރައްޔިތުން ކަންބޮޑު ނުވާ ވަރަކަށް ނޫނެވެ. މާސްކް ހުސްވަނިއްޔޭ ބަޔަކު ނުކުމެ ގޮވާލީމާ މާސްކް އަޅަން ނުވެސް ޖެހޭ ހާލަތުގައި މާސްކް އަޅަން ނުވެސް ޖެހޭމީހުން ފާމަސީތައް ދޮށުގައި ކިޔޫ ހެދީއެވެ. އެންމެފަހުން ބޭސް ރައްކާކުރަން ބޭސް ފިހާރަ ތަކުގައި ވެސް ކިޔޫ ޖެހުނީއެވެ.
މިއީ މިބަލި ފެތުރޭން ފެށުމުން ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގައިވެސް ކަން ހިނގާދިޔަ ގޮތެވެ. ރައްޔިތުން ކަންބޮޑުވެ ހާސްކަމަށް ވެއްޓުނީއެވެ. އެންމެ ބޮޑު ސަބަބަކީ ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދެވުމެވެ. އަވަހަށް މައުލޫމާތު ހާމަކުރަން ވެގެން ބައެއް މީޑިޔާތަކުން ދޮގު މައުލޫމާތު ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ރައްޔިތުން ހާސްވީއެވެ. މިފަދަ ގިނަ ޤައުމުތަކުގެ ރައްޔިތުންނާއި ހަމައަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދޭން ފެށުމާއެކު ރައްޔިތުން ހާސްކަން ކެނޑި އާންމު ހާލަތަށް ބަދަލުވީއެވެ. ކޯވިޑް 19 އާއެކުގައި ދިރިއުޅެން ފަރިތަވާން ފެށީއެވެ.
ރާއްޖޭގައި ބަލި މިފެނުނީ މުޅީން އަލަށެވެ. ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މިރާއްޖެއަށް ބަލި އައުމުން ކަންކުރާނެ ހުރިހާ ގޮތެއް، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ހުރީ ކަރުދާހަށް ތިރިކުރެވި އާންމުންނަށް ފޯރުކޮށްދެވި އަދި އެ ހާލަތަކާއި ގުޅޭ އެންމެ ރަނގަޅަކަށް ތައްޔާރުވެ ނިމިފައެވެ. ހަމައެކަނި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމެވެ. ކެތްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އަމަލު ކުރުމެވެ.
ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ބަޔަކު ކިޔާ އެއްޗަކަށް ބަލައިގެން ދައްކާހާ ވާހަކައެއް އަޑުއަހައިގެން ބަލި ރާއްޖެއިން ފެންނައިރަށް ކާޑު ގަނެ ގޭގެ ސިޓިންގ ރޫމް ގުދަނަށް ހަދާކަށް އަދި ގާތްވެސް ނުވެއެވެ. އަލަމާރިތައް ފުރެންދެން މާސްކާއި ބޭސް ގަނެ ފޮރުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
ސަރުކާރުން ވަނީ ރައްޔިތުންނަށް ކާނާ ބޭނުންވާ ވަރަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ބޭސްވެސް އެބަހުރިކަމަށާއި އަޅަން ޖެހޭ ފަރާތްތަކަށް ދަތި ނުވެ ލިބޭ ވަރަށް މާސްކްވެސް އެބަހުރިކަމުގެ ޔަގީންކަން ދީފައެވެ. ކަން މިހެން އޮއްވާ ކަމާބެހޭ ފަރާތްތަކުގެ ބަސް ގަބޫލުނުކޮށް ގޭގޭގައި ގުދަން ކުރަން ކާޑާއި ބޭހާއި މާސްކް ފަދަ ތަކެތި ގަންނަންޏާ ދެން ޖެހޭނީ ކޮންޓްރޯލް ކޮށްގެން އެތަކެތި ވިއްކާށެވެ. އޭރުންވެސް އޭގެ ބުރަ އުފުލަން ޖެހޭނީ ހަމަ ރައްޔިތުންނަށެވެ.
ކޯވިޑް 19 އަކީ ވެސް އިންފްލުއެންޒާ ކަހަލަ ރޯގާއެއްގެ ވައްތަރެކެވެ. ރޯގާގެ ކުރީކޮޅު ސިއްޙީ އިދާރާތަކުންނާއި ޤައުމުތަކުން ހާސްވެ ކަންބޮޑުވީ މި ރޯގާގެ ހާލަތާއި މިއީ ކިހާ ވަރެއްގެ ނުރައްކާތެރި ރޯގާއެއްކަން ދެނެގަނެވިފައި ނެތީމައެވެ. އަލަށް އުފަންވި ބައްޔަކަށް ވާތީއެވެ. ބަލީގެ އަސްލު އުފެދުންވެސް ނޭނގޭތީއެވެ.
ގިނަ ޞިއްޙީ މާހިރުން ބުރަވަނީ މި ވައިރަހަކީ ނުރައްކާތެރި ޖަނަވާރެއްގެ ކިބައިން އިންސާނުންގެ ގަޔަށް ވާސިލުވެގެން އުޅޭ ވައިރަހެއް ކަމުގައެވެ. އަދިވެސް އެފަދަ ގިނަ ފަރާތްތަކުން ބުރަވަނީ ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން އިންސާނުންނާއި ހަމައަށް ވާސިލުވެގެން އުޅޭ ވައިރަހެއް ކަމަށެވެ. މިފަހަރު ފެނުނު ކޮރޯނާވައިރަސްގެ ރަސްމީ ނަމަކީ ސާސް -ކޯވް-2 އެވެ. މި ބައްޔަށް ދީފައިވާ ނަމަކީ ކޯވިޑް 19 އެވެ. ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. ބަލީގެ އަލާމާތްތަކަކީ ކެއްސުމާއި ހުންއައުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތަކެވެ.
ކޯވިޑް 19 އަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ. އެކަމަކު މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ބައެއް ޤައުމުތަކުގެ މެޑިކަލް ސައިންސް ވެރިން ވަނީ ބަލީގެ އަސްލު ދެނެގަނެ ވެކްސިނަކާއި ހަމައަށް ވާސިލުވެފައެވެ. އެފަދަ ބައެއް ޤައުމުތަކުން މިހާރު ވަނީ މި ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓް ކުރުމުގެ މަރުހަލާގައެވެ. އަނެއްބައި ޤައުމުތަކުން ބުނަނީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ވެކްސިން ބާޒާރަށް ނެރޭނެ ކަމަށެވެ.
ކޯވިޑް 19 ރާއްޖެއަށް އަޔަސް ހާސްވެ ކަންބޮޑު ނުވާށެވެ. އަދި މިއީ މާ ނުރައްކާތެރި ބައްޔެއްކަމުގައި ވާހަކަ ދައްކައިގެން މީހުން ބިރުވެރި ކަމުގެ ތެރެއަށް ވައްޓާ ނުލާށެވެ. މިހާރު އޮތީ މިބައްޔަށް ރައްކާތެރިވުމެވެ. ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮންނާށެވެ. ވަކި ކަހަލަ ސައިބޯންޏެއް މިކަމަށް ބޭނުމެއް ނުވެއެވެ. ނޫނީ ހޭންޑް ސެނިޓައިޒަރއެއް ބޭނުން ކޮށްގެން އަވަސް އަވަހަށް އަތް ރަނގަޅަށް ސާފުކުރާށެވެ. އަލްކަހޯލްގެ މިންވަރު 60 އާއި 95 އިންސައްތައާއި ދެމެދުގައި ހުންނަ ސެނިޓައިޒާއެއް ބޭނުން ކުރާށެވެ. އަތް ސަފުކޮށްގެން ނޫނީ މޫނުމަތީގައި އަތް ނުލާށެވެ. މި ވައިރަސް ހަށިހަނޑަށް ވަންނަނީ އަނގަޔާއި ނޭފަތާއި ލޮލުގެ ޒަރިއްޔާއިންނެވެ. އަތް ނުދޮވެ މޫނު މަތީގައި އެއްގޮތަކަށްވެސް އަތް ނުލާންވީ މިހެންވެގެންނެވެ. ކަރުތެރޭގައި މި ވައިރަސް ހަރުލިޔަ ނުދިނުމަށްޓަކާ ކަރުތެރެ ހިކުނަނުދީ އަވަސް އަވަހަށް ފެން ބޯށެވެ.
ރޯގާ ޖެހިގެން ކެއްސާ ކިނބިހިއަޅާ މީހަކު ނަމަ ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއެއް ބޭނުން ކުރާށެވެ. ނޫނީ އަތުގެ އޮޅަނބޮށިން އަނގައާއި ނޭފަތް ނިވާކުރާށެވެ. މިގޮތަށް ކެއްސާ ކިނިބިހި އެޅުމުން ބުރައިގެންދާ ކުޅާއެކު ބަލީގެ ވައިރަސް ދަތުރުކުރާނެއެވެ. އެހެންވީމާ ސިޑީގެ އަތްގަނޑު، ލިފްޓް، އާންމުކޮށް ގިނަ މީހުން އަތްލައި އުޅޭ ތަންތަނާއި އެއްޗެހީގައި އަތްލާފައި އަވަހަށް އަތް ދޮންނާށެވެ. ނޫނީ ސެނިޓައިޒަރ އިން އަތް ސާފު ކުރާށެވެ. ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނުކުންނާށެވެ. ޤައުމުން ބޭރަށް ދާނަމަ ކޮންމެހެން ކުރަން މަޖުބޫރު ދަތުރެއް ނޫނީ ނުކުރާށެވެ.
ބަލީގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި ބޮޑެތި ބަލި ތަކުގައި އުޅޭ މީހުންނަށް ބަލި ޖެހުމުންނެވެ. ބަލިޖެހޭ މީހުންގެ ތެރެއިން 80 އިންސައްތަ އަކީ އާދައިގެ ހާލަތުގައި ބަލި ތަހައްމަލު ކުރާ މީހުންނެވެ. ބަލި ނުރައްކާވަނީ 20 ނުވަތަ 15 އިންސައްތަ މީހުންނަށެވެ. ބަލީގައި މަރުވަނީ 2 ނުވަތަ ތިނެއް އިންސައްތަ މީހުންނެވެ. މިއީ މިހާތަނަށް މިބަލީގެ ތަފާސް ހިސާބުތަކާއި ސައިންސްވެރިންގެ ހޯދުންތަކުން އެނގޭ ޞައްޙަ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު