އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭ ނިރުބަވެރި އިސްރާއީލުން އީރާނަށް ދިން ހަމަލާ ރާއްޖެއިން ކުއްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން މި ހަމަލާ ކުއްވެރިކޮށް ނެރެފައިވާ ބަޔާނުގައި ވަނީ އިސްރާއީލުން ދާދިފަހުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް އަމާޒުކޮށްގެން ދިން އަސްކަރީ ހަމަލާތަކަކީ އީރާނުގެ އިސްތިގުލާލާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށެވެ.

މި ބަޔާނުގައި ސަރުކާރުން ވަނީ ސަރަހައްދުގެ ޤައުމުތަކާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެ، ފިތުނަތައް އިތުރަށް ބޮޑުވެފައިވާ އަދާވާތްތެރިކަން ވަގުތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ނުތަނަވަސްކަން ފިލުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ އަދާވާތްތެރިކަން ވަގުތުން ހުއްޓާލުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމައު އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން