އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ؛ އައްޑޫގައި ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައި
އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ؛ އައްޑޫގައި ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައި
އައްޑޫގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ބިން ދޫކުރަން ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތި ވެފައިވާ ދަތި ހާލަތާއި ގުޅިގެން ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކޮށްގެން ބޭނުންކުރުމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް ސަރުކާރުން ދަނޑުވެރިކަން ފުޅާކުރަން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވަނީ ދަނޑުވެރިން ހައްދާ ތަކެތި ގަންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އައްޑޫ ކައުންސިލުން ބުނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ދަނޑުވެރިކަން ފުޅާކުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން މިހާރު ވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން އެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަން އިލްތިމާސްކޮށްފައިވެއެވެ.

ކައުންސިލުން ބުނިގޮތުގައި ދަނޑުހެއްދުމަށާއި އަލަ އޮޅުހެއްދުމަށް ބޭނުންވާ މީހުން އެކަމަށް އެދި އަވަށު އޮފީސްތަކަށް މިހާރު މެއިލުން އެދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން