އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާ 4 އެޕްރީން- މީހުން އުޅޭ ސަރަހައްދުތަކަށް ނުކުންނައިރު މާސްކު އަޅައިގެން ނުކުތުމަށް ސިއްހީ އެޑްވައިޒަރުން އިރުޝާދު ދެއްވިޔަސް އެގޮތަށް އަމަލު ނުކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އާންމުކޮށް އިޢުލާނުކުރި އާ އިރުޝާދުތަކުގައި ބުނާގޮތުގައި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް އާންމުން ނުކުންނަ ނަމަ ނުކުންނަންވާނީ ނޭފަތާ އަނގަ ނިވާވާގޮތަށް ޓީޝާޓެއް ނުވަތަ ފޮތިގަނޑެއް ނަމަވެސް އެއްޗެއް އަޅައި ނިވާކޮށްގެންނެވެ.

ހުކުރުދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އަނގައާއި ނޭފަތް ނިވާކޮށްގެން ބޭރަށް ނުކުތުމަށް ސީޑީސީއިން އިރުޝާދު ދިންނަމަވެސް އެކަން އެގޮތަށް ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެއްކަމަށެވެ. އަދި އެމަނިކުފާނު އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު ހުންނެވީ ސިއްހީގޮތުން ވަރަށް ދުޅަހެޔޮކޮށްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އޯވަލް އޮފީހުގައި، ރައީސުންނާއި ބަންޑާރަ ނައިބާއި މިނިސްޓަރުންނާ ބައްދަލުކުރައްވާއިރު މާސްކެއް އަޅައިގެން އިންނަވަން ގަސްދު ނުކުރައްވާ ކަމަށާއި، މިކަމަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެކަމަށެވެ.

ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރައީސް ޓްރަމްޕްގެ އަނބިކަނބަލުން، ފަރސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ހުރިހާ ރައްޔިތުންވެސް ސިއްހީ މާހިރުންގެ އިރުޝާދާއި އެއްގޮތަށް، ގިނަ މީހުން އެއްވާ ތަންތަނަށް ނުކުމެ ނޫޅުމަށާއި، ނުކުންނަ ނަމަ މާސްކު އަޅައި، އަނގައާއި ނޭފަތް ނިވާކޮށްގެން ނުކުތުމަށް ބާރުއަޅުއްވާފައެވެ.

ސީޑީސީގެ މާސްކު އެޅުމާއި ބެހޭ އިރުޝާދަށް ބަދަލު ގެނެސްފައިވަނީ، ކޯވިޑް-19 ބަލިމަޑުކަން ފެތުރޭ ވައިރަސް ޖެހިފައި ތިބޭ ވަރަށް ބައެއް ފަރާތްތަކަކީ އެބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ނުވެފައި، މިހާރު ދިރާސާތަކުން ދައްކާ ގޮތުން ވާހަކަދެއްކުމާއި ނޭވާގެ ޒަރިއްޔާއިންވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާތީ ކަމަށް ޔޫއެސްގެ ސާޖަން ޖެނެރަލް ޖެރޯމީ އެޑަމްސް ވިދާޅުވެފައިވެއެވެ.

ކޮރޯނާ ވައިރަސް ޖެހިގެން ކޮންމެ ދުވަހަކު އެމެރިކާއިން މަރުވާ މީހުންގެ އަދަދު ވަނީ އެހެން ގައުމުތަކާއި އަޅާބަލާއިރު ރިކޯޑު އަދަދަކަށް އިތުރުވެފައެވެ. އެގޮތުން ބުރާސްފަތި ދުވަހު އެކަނިވެސް އެމެރިކާއިން 1,169 މީހުން މަރުވެފައިވާއިރު، ހުކުރުދުވަހު ވަނީ 1400 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަބީބު.

09-Apr-2020

މޫނުބުރުގާ އަޅަންޖެހޭނީހަމަ މޫނުނިވާކުރުވާނެ މިފަހަރު ﷲ އީ ގަދަފަދަވަންތަ އިލާހު


19

މޫސާ

06-Apr-2020

ކޮރޯނާ ވައިރަސްގެ ވަބާގަ ޖެހުނީމަ އަލާފިލާނި މި ހާދަ ބޮޑާމިހެކެ


17

ޙައްޕު

05-Apr-2020

ބޮޑާ ސޮރެއް. ޙުސް އަންނި.



ޓްރެންޑިން