ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރިޔާސީ ނިޒާމަކުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ އެކަށީގެންވާ ނިޒާމަކާމެދު ކުރެވެމުންދާ ބަހުސާ ގުޅިގެން "ރަސް އޮންލައިނަށް" އަށްދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލާ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގާނީ ރިޔާސީ ނިޒާމަކުން ކަމަށް ދިވެހި ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކަނޑައަޅައި ނިންމާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމެއް އެގޮތަށް އޮއްވައި ރައްޔިތުންގެ މަޖިލީހުންވެސް އެކަމާމެދު ސުވާލު އުފެއްދުމުގެ ބަދަލުގައި އަދިވެސް ނިޒާމަށް ބަދަލެއް ގެންނަން ޖެހޭނީ ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންގެ ކައިރީގައި އަހައިގެން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ ކަމުގައި ރާއްޖޭގެ ގާނޫނު އަސާސީ އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
"ރިޔާސީ ނިޒާމަކީ ސީދާ ރައްޔިތުންގެ ފަރާތުން އަންނަ ރައްޔިތުންގެ ވެރިކަމެއް. އެނިޒާމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރަނީ މުޅި ގައުމުގެ ރައްޔިތުން ވޯޓުލައިގެން ރައްޔިތުންގެ އަޣުލަބިއްޔަތުން. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމު ކަނޑައަޅާފައި މިވަނީ ސީދާ ރައްޔިތުންގެ ވޯޓަކުން. މިއީ ރައްޔިތުން ނިންމާފައިވާ ގޮތް." ރާއްޖޭގައި މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާ ލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ގާސިމު އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު ވޯޓު ކޮޅަކާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މީހަކަށް ޤައުމުގެ ހުންގާނު ޙަވާލުކުރަންޖެހޭ ޙާލަތެއް ގެނެވިއްޖެނަމަ، އެއީ މުޅި ރައްޔިތުންގެ މަސްލަޙަތު އެކަމުގެ ސަބަބުން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. ބަރުލަމާނީ ސިފައަކީ ބޮޑުވަޒީރަކަށް އަންނަ މީހަކު ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުވާން ނުޖެހި ހުރިހާ ރައްޔިތުންގެ ވެރިއަކަށް ކަނޑައެޅިގެން ދިއުން ކަމަށާއި، ފަހަރުގައި އެއީ 200 ވޯޓު ލިބޭ މީހަކަށް ނުވަތަ 5000 ވޯޓު ލިބޭ މީހަކަށްވެސް ވެދާނެ ކަމަށެވެ.
"އެއާ ޚިލާފަށް ރިޔާސީ ނިޒާމްގައި ރައީސް ކަމަށް ވާދަކުރާ މީހާ މެނިފެސްޓޯއެއް ހިފައިގެން ގޮސް ސީދާ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ކިޔައިދީ ވަޢުދުތަކެއް ވެގެން ވެރިކަމަށް މި އާދެވެނީ. ޤައުމުގެ ހުރިހާ ހިސާބަކަށް ގޮސް، ހުރިހާ ރަށަކަށް އަރައި ރައްޔިތުންގެ ކުރިމައްޗަށް ގޮސް، ރައްޔިތުންނަށް ވަޢުދުތައް ވިއްކައިގެން ވެރިކަމަށް މި އަންނަނީ. އެހެންވީމާ އެހޮވޭ ވެރިޔަކު މަސައްކަތް ކުރާނެ ދެއްތޯ ވަޢުދުތައް ފުއްދައި ރައްޔިތުންގެ ތާޢީދު އިތުރަށް ހޯއްދަވަންވެސް." ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ތަފާތު ހާމަކޮށްދެއްވަމުން ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގެ އަނެއް ސިފައަކީ، މަޖިލީހުގެ މެމްބަރަކަށް ވެގެން މެނުވީ ވަޒީރުކަމަށް ނާދެވުން ކަމަށާއި، އެހެންކަމުން ވަޒީރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހަކުން އެ ވަޒީރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް ގެއްލުން ހުރި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިދާހުރި ނިޒާމެއް ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި ރައްޔިތުންގެ ވެރިކަމެއް ކުރެވޭނެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ބަރުލަމާނީ ނިޒާމުގައި ވިހި މިނިސްޓްރީ ހުރިއްޔާ އެ ވިހި ވުޒާރާގެ ވަޒީރުން ވެސް މި ތިއްބަވަނީ މަޖިލީހުގަ. ދެން އެމަޖިލީހުގެ ތެރެއިން ވަޒީރުން ޖަވާބުދާރީ ކުރެވޭނެތޯ؟ މިހާރުވެސް އަޅުގަނޑުމެން މިދައްކަނީ މުއައްސަސާ ތަކުގެ ތެރޭގައި ކޮރަޕްޝަނާ ފަސާދަ ހިނގާ ވާހަކަ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުކޮށްދޭ ވާހަކަ. މިހާރު މިއޮތް ރިޔާސީ ނިޒާމުގައި ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ ފުރުސަތު އެބަލިބޭ. ވަޒީރަކު ނުވަތަ ވުޒާރައެއްގެ ތެރޭގައި ގޯސްކޮށް ކަމެއް ހިނގަންޏާ، ކޮރަޕްޝަނާ ފަސާދައަށް ޝައްކު ކުރެވޭ ކަންކަން ހިނގަންޏާ އެ ވަޒީރަކު ނުވަތަ އެ ވުޒާރާއެއްގެ ޒިންމާދާރު ބޭފުޅުން ވިޔަސް އެބަ ޖަވަބުދާރީ ކުރުވޭ. ފާރަވެރި ވެވޭ. ބަރުލަމާނީ ނިޒާމުގައި އެހެން ވާނެތޯ؟" ގާސިމު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޤާސިމް ވަނީ، ސަރުކާރުން ކަންތައްތައް ނުވާ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް ހޫނު ރައްދެއްވެސް ދެއްވާފައެވެ. އެގޮތުން ޤާސިމް ވިދާޅުވީ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މިފަދަ ދަތި އުނދަގޫ ޙާލަތެއްގައިވެސް، މިއީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ކަމެއް ކަމަށް ނުވަތަ ސަރުކާރު ނުކުޅެދިގެން ވެގެން އުޅޭ ކަމެއްކަމަށް ރައްޔިތުންނަށް ވިސްނައިދޭން ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"މިއީ މުޅި ދުނިޔޭގެ އިޤްތިޞާދުވެސް ފުނޑުފުނޑު ކޮށްލި ނުރައްކާތެރި ބަލިމަޑުކަމެއް. ބައެއް މީހުން އެބަ މަސައްކަތްކުރޭ މީ ދިވެހި ސަރުކާރުން އުފަން ކުރުވައިގެން އުޅޭ ޙާލަތެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން. މިފަދަ ބަލިމަޑުކަމެއްގައި އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ވާނެ ޤައުމަކީ ރާއްޖެ. މިއީ ބައިނަލްއަޤްވަމީ މާލީ އިދާރާތަކުންނާއި ޖަމާއަތްތަކުން އަންދާޒާކޮށް، ހާމަ ކޮށްފަ ހުރި ވާހަކަތައް." ވިޔަފާރިއާއި އިޤްތިޞާދީ ރޮނގުން ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގެންދަވަނީ މި ދަތިޙާލަތުގައިވެސް ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ކަމަށާއި، އަދި މިހާލަތުގައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއްވެސް އަޅުއްވަމުން ކަމަށެވެ. ބައެއް ފަރާތްތަކުން ސަރުކާރު ބަދުނާމް ކުރަމުން ގެންދަނީ ކޮށި ވިސްނުމެއްގައި ކަމަށާއި، އެހެން ނަމަވެސް ހެޔޮވިސްނޭ ގިނަ ރައްޔިތުން ރާއްޖެއަށް ދިމާވެފައިމިވާ ޙާލަތު ޤަބޫލުކުރާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމާފައިވަނީ ރާއްޖޭގައި ވެރިކަން ކުރަން ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމަކުން ކަމަށެވެ. ނަމަވެސް 2007 ވަނަ އަހަރުގެ ވޯޓުގެ ނަތީޖާ އޭރުގެ ރައީސް މައުމޫން އޮޅުވާލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމާމެދު ޢާއްމުންގެ މެދުގައި ވަނީ ބޮޑު ބަޙުސެއް ފެށިފައެވެ. އެގޮތުން އޭރު އެ މަސައްކަތުގައި އުޅުއްވި ރާއްޖޭގެ ވަރަށް ފުންނާބުއުސް ބޭފުޅުން ވެސް ވަނީ ރައީސް ނަޝީދުގެ މިތުހުމަތާ ދެކޮޅު ހައްދަވައި އެ ވޯޓުގައި އެއްވެސް އޮޅުވާލުމެއް ނުހިނގާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު