ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން އެސްޓީއޯއިން 1 ނޮވެމްބަރު 2024 އިން ފެށިގެން 4 ނޮވެމްބަރު 2024ގެ ނިޔަލަށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު ވެއަރ ހައުސް ސޭލެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.

ހުސްވީމަ ހުސްވީ"ގެ ނަމުގައި ބާއްވާ މި ވެއަރ ހައުސް ސޭލްގައި ހިމެނޭ ބްރޭންޑް ތަކުގެ ތެރޭގައި:

- ހިޓާޗީ

- މަކިޓާ

- ނިޕޯން ޕެއިންޓް

- ރެމިންގްޓަން

- ރަސްލް ހޮބްސް ހިމެނެއެވެ.

މީގެ އިތުރުން ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްގައި 80 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއަރ ހައުސް ސޭލް ކުރިއަށް ދާނީ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ހަވީރު 17:00 – 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

އެސްޓީއޯއިން ކުރިއަށް ގެންދާ މިވެއަރ ހައުސް ސޭލްގެ ތެރެއިން -/500ރ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއަރ ހައުސް ސޭލް ނިމުމުން ނެގޭ ގުރުވަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން