އެމެރިކާގެ ފްލޮރިޑާ ގެ ބޮއިންޓަން ބީޗްގައި ދިރިއުޅެމުންދިޔަ ދެމަފިރިން ކަމުގައިވާ ސްޓުއާރޓް ބޭކަރ، 74އ، އަދި އޭޑްރިއަން ބޭކަރ، 72އ، މީގެ ތިން ހަފުތާކުރިން ތިބީ ފުރިހަމަ ސިއްހަތެއްގައެވެ. ނަމަވެސް މާރޗް 24 ވަނަ ދުވަހަކީ އެދެމަފިރިން ދާދި އެކުއެކީގައި މިދުނިޔެއާއި ވަކިވެގެން ދިޔަ ދުވަހެވެ. ދެމަފިރިންގެ 51 އަހަރުވީ އުފާވެރި ދިރިއުޅުމަށް ނިމުން ގެނުވީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ރޯގާބަލިމަޑުގައެވެ.
އާއިލާގެ ފަރާތުން ވާހަކަދެއްކި އެ ދެމަފިރިންގެ ދަރިފުޅު ބަޑީ ބޭކަރ، ކިޔައިދިންގޮތުގައި މީގެ 3 ހަފްތާ ކުރިން ދެމަފިރިން ހޮސްޕިޓަލަށް ދިޔުމުން ގެއަށް ފޮނުވާލިކަމަށާއި، ދުވަސްތަކެއް ފަހުންވެސް ބައްޔަށް ލުޔެއް ނުލިބުމުން ހޮސްޕިޓަލަށް ދިޔުމުން އަމިއްލައަށް ކަރަނޓީނުވުމަށް އަންގާ ގެއަށް ފޮނުވާލި ކަމަށެވެ. އޭގެ ފަހުން މާރޗް 19 ވަނަ ދުވަހު، އޭނާގެ ބައްޕަ ސްޓުއާރޓް ހޮސްޕިޓަލަށް ދިޔަ ކަމަށާއި އެއީ ހުން އައިސް ނޭވައަށް އުނދަގޫ ވުމުގެ ނިޝާންތަކެއް ހުރުމުންނެވެ. ނަމަވެސް އޭޑްރިންގެ ހުމެއް ނެތްކަމަށާއި، އޭނާގެ ހާލު އޭރު ރަނގަޅެވެ.
ސްޓުއާރޓް އެޑްމިޓް ވުމާއި އައިސީޔޫގައި އެޑްމިޓް ކުރުމާއި ދޭތެރޭގައި 48 ގަޑިއިރުވެސް ނުވާކަމަށާއި، އެ ދެމެދުގައި އާއިލާއިން ފޯނުން ބައްޕައާ ވާހަކަވެސް ދެއްކިކަމަށް ބަޑީ ބުންޏެވެ. އޭރު ގޭގައި ހުރި މަންމަގެ ހާލުރަނގަޅު ނޫން ކަމަށާއި، ނަމަވެސް ބައްޕަ ހޮސްޕިޓަލްގައި އޮތުމުން މަންމަ ކަންބޮޑުވެ ހާސްވެފައި ހުރީކަމަށް ބެލެވުނީ ކަމުގައި ދެމަފިރިންގެ ދަރިފުޅު ބުންޏެވެ.
ދެން ބައްޕަ ކޯވިޑް-19 އަށް ޓެސްޓު ކޮށް މާރޗް 24 ވަނަ ދުވަހު ނަތީޖާ ލިބުނު އިރު ބައްޔަށް ޕޮޒިޓިވް ވުމުން އެކަން މަންމަ އަށް ނާންގައި، ގޭގައި ހުރި މަންމަވެސް ހޮސްޕިޓަލަށް ގެނައި ކަމަށް ބަޑީ ބުންޏެވެ. އަދި ހޮސްޕިޓަލަށް މަންމަ ގެނައި އިރު އޮކްސިޖަން ލެވެލް ދަށްކަމުން މަންމަވެސް އައިސީޔޫގައި އެޑްމިޓްކުރީ ކަމުގައި ބަޑީ ބުންޏެވެ. އަދި އެދެމަފިރިން ސަލާމަތްނުކުރެވޭނެކަމަށް ބުނެ ޑޮކްޓަރުން އުންމީދު ކަނޑާލީ އެހިސާބުންނެވެ.
ދެމަފިރިންގެ ފަހު ވަގުތުކޮޅުގައި އެމީހުން ހިތްހަމަ ޖެއްސުމަށްޓަކައި ދެމީހުން އެއްކޮޓަރިއަކަށް ބަދަލުކުރެވުނުކަމަށާއި، ވެންޓިލޭޓަރު ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި ދެމަފިރިންވެސް ދުނިޔެއަށް އަލްވަދާޢުކީ ކަމަށް އެމީހުންގެ ދަރިފުޅު ބަޑީ ބުންޏެވެ. ދެމީހުންގެ މަރުގެ މެދުގައި ވާނީ ހައެއްކަ މިނެޓުކަމަށް ބަޑީ ބުންޏެވެ.
ބަޑީ ބޭކަރގެ މައިންބަފައިންނަށް ދިމާވި ގޮތުން އިބްރަތް ހާސިލްކޮށް ބޭކަރ އާއިލާއިން ދަނީ އެހެންމީހުން މިކަމަށް ހޭލުންތެރިވެ ސަމާލުވުމަށް ގޮވާލަމުންނެވެ. ސިއްހީ ލަފާއާއި އެއްގޮތަށް މީހުން އުޅޭ ތަންތަނަށް ނުނުކުތުމަށާއި، ގިނަގިނައިން އަތް ދޮވުމަށާއި އަދި ހާއްސަކޮށް ގޭގައި މަޑުކުރުމަށް ނަސޭހަތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު