ރާއްޖޭގެ ރިީީތި ރިސޯޓެއް- ބައެއް ރިސޯޓުތަކުން މުވައްޒަފުން ކަނޑަމުންދާކަމުގެ ޝަކުވާ ދަނީ ލިބެމުން
ރާއްޖޭގެ ރިީީތި ރިސޯޓެއް- ބައެއް ރިސޯޓުތަކުން މުވައްޒަފުން ކަނޑަމުންދާކަމުގެ ޝަކުވާ ދަނީ ލިބެމުން
ރިސޯޓުތަކުން މުވައްޒަފުންނާމެދު، ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ޢަމަލު ކުރުމަށް އިލްތިމާސް އެ ޤާނޫނާ ޚިލާފުފާ ރިސޯޓްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ސާކިއުލާއެއް ނެރެފިއެވެ.

ރިސޯޓުންތަކުން ނޯ ޕޭ ލީވް ނެގުމަށް މަޖުބޫރު ކުރުމާއި ވަޒީފާއި ވަކިކުރުމާއި މުސާރަތައް ކުޑަކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ވާހަކަދެކެމުންދިޔަ އިރު މިހާތަނަށްވެސް އެކަމާމެދު ބަހެއް ވިދާޅުވެ ހަނު ހުންނެވި މިނިސްޓަރ އަލީ ވަހީދުގެ ވުޒާރާއިން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ މި ދުވަސްވަރު ނޯޕޭގައި މުވައްޒަފުން ފޮނުވުމާއި ނޯޓިސް ނުދީ ވަޒީފާއިން ވަކި ކުރާ ކަމުގެ ޝަކުވާތައް އެ ވުޒާރާއަށް ލިބެމުންދާ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ފްލައިޓްތައް ޔަގީން ނުކޮށް ފުރަން ފޮނުވާ ކަމުގެ ޝަކުވާތައް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ވެސް އެ ސަރކިއުލާގައި ވަނީ ބުނެފަ އެވެ.

މިގޮތަށް މުވައްޒަފުންނާ މެދު ކަންތައް ކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފުވުން ކަމަށާއި، އެގޮތަށް ޢަމަލުކުރާ ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.

ކޯވިޑް-19 އާ ގުޅިގެން މިހާތަނަށް 11،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކި ރިސޯޓްތަކުން ނޯޕޭ ލީވް ދީފައިވާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ "ޓީމް" ޖަމިއްޔާއިން ވަނީ ބުނެފައެވެ. ނަމަވެސް ވަޒީފާއަށް ބަދަލު އައިސްގެން ޝަކުވާ ހުށައަޅަން ހުޅުވާލާފައިވާ ޕޯޓަލް މެދުވެރިކޮށް އަދި ހުށައެޅީ ވަރަށް މަދު އަދަދެއްގެ ޝަކުވާ ކަމަށް ސަރުކާރުން ހުސްވި ހަފުތާގައިވެސް ވަނީ ބުނެފައެވެ.

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކިކުރި ނަމަވެސް ބައެއް ރިސޯޓުތަކުން އަންނަނީ މި ދަނޑިވަޅުގައިވެސް މުވައްޒަފުންނަށް އެހީވުމުގެ ގޮތުން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކަނޑޫމާ ރިސޯޓާއި ހެޕީ މާކެޓުން ހިންގާ ރިސޯޓުތަކާއި ވެލާ ރިސޯޓުން ވަނީ ރާއްޖޭގައި މިހާރު އޮތް ހާލަތު ރަނގަޅު ވަންދެން އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ފުލް މުސާރަ ދޭން ނިންމައިފަ އެވެ. އަދި ޔުނިވަރސަލްގެ ރިސޯޓުތަކާއި ވިލާގެ ރިސޯޓްތަކުންވެސް ވަނީ މުވައްޒަފުންގެ ވަޒީފާ ދަމަހައްޓައި މުސާރަވެސް ދޭނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން