ހުޅުމާލެ ހިޔާ ފްލެޓެއްގައި ގޭންގަކުން މީހަކު ރަހީނުކުރި މައްސަލައިގައި ގާނޫނުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރަހީނުކުރި ހާދިސާއާ ގުޅިގެން މީޑިއާތަކަށް ރޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ ގަވައިދާ ހިލާފަށް ގޭންގުތައް ހަދައިގެން ކުށްކުރުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި ކުދިންގެ މުސްތަގުބަލު ހަލާކުނުކޮށް ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ނުވަދެ ގައުމަށް ފައިދާ ހުރި ޒުވާނުންނަށްވުމަށް ހެޔޮ މަގަށް އެޅުމަށް މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުށްކުރާ ފަރާްތްތަކަށް ގާނޫނުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުޢިއްޒު އެއްވެސް ގޮތަކަށް ނެގޯޝިއޭޓްކުރާނެ ކަމެއް ނޫން ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން މިގޮތަށް ޖެޕޮޑައިޒްކުރުމަކީ. މީގެ ފަހުން ވެސް [މިގޮތަށް ރަހީނުކޮށްގެން] ދިވެހި ރައްޔިތަކު ގެންގޮސްފިކަމަށް ވަނީނަމަ ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެ ފަރާތަކާމެދު އަޅުގަނޑުމެން އަޅާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ރޭ ފުލުހުން ގޮސް ރަހީނުކުރި މީހާ ސަލާމަތްކުރި އިރު އޭނާގެ ބޯ ވަނީ ބާލާފަ އެވެ. އަދި ގޭންގުން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އިނގިލި ބުރިކޮށްލުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ވަނީ އެ މައްސަލާގައި ސީނުން ފެނުނު ގޭންގުގެ 22 މެންބަރަކު ހިފަހައްޓާ ސުވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު