ފަން އައިލެންޑް ރިސޯޓުގައި ކަރަންޓީން ކޮށްފައިތިބި 49 މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން މިއަދު ދޫކޮށްލައިފިއެވެ.
އެޗްޕީއޭއިން ބުނީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ފަން އައިލެންޑް ރިސޯޓްގައި ކަރަންޓީން ކޮށްފައި ތިބި މި 49 މީހުން ޓެސްޓް ކުރުމަށްފަހު ދޫކޮށްލީ ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރުމަށް ފަހުގައެވެ.
އެޗްޕީއޭ އިން ދާދި ފަހުން ނިންމާފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން ދޫކުރުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށެވެ. ކަރަންޓީންގެ 14 ދުވަސް ހަމަވިޔަސް އެ މީހުން ގެއަށް ދޫކޮށްލާނީ ނަތީޖާ ރަނގަޅުވެ، ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް "އެގްޒިޓް ސްކްރީނިން" އެއް ވެސް ކޮށްފަ އެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.
ރާއްޖޭގައި ކަރަންޓީނު ފެސިލިޓީތަކުގައި 881 މީހަކު މިހާރު އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު