ޓިމް ޑިލަން- ގޫގުލް އިމޭޖެސް
ޓިމް ޑިލަން- ގޫގުލް އިމޭޖެސް
"ޖޯކާ 2" އަކީ މިހާތަނަށް އުފެއްދި އެންމެ ކަޑަ ފިލްމު ކަމަށް އެ ފިލްމުގެ ތަރި ޓިމް ޑިލަން ބުނެފިއެވެ.

ޓިމް މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިނގިރޭސި ފިލްމު "ޖޯކާ 2" އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ޓިމް ބުނެފައިވަނީ މި ފިލްމަކީ އެއްވެސް ގޮތަކަށް ބަލަން ކަމުދާ ވަރުގެ ފިލްމެއް ނޫން ކަމަށާއި، މިއީ މިހާތަނަށް އުފެއްދި އެންމެ ކަޑަ ފިލްމު ކަމަށެވެ. އަދި މި ފިލްމަކީ އެއްވެސް ޕްލޮޓެއް ނެތް ފިލްމެއް ކަމަށްވެސް ޓިމް ވަނީ ބުނެފައެވެ. އަދި ޝޫޓިން ތެރޭގައި ޖަހާ ސަކަރާތްތައް ނުވަތަ ބުނާ އެއްޗެހިތައްވެސް ފިލްމުގައި ހިމަނާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެ ފިލްމުގައި އެއްވެސް ޕްލޮޓެއް ނެތް. ޕްލޭނެއް ނެތް. ޝޫޓު ކުރަމުންދަނިކޮށް އަޑެއް އިވިގެން އެއީ ކޮން އަޑެއްތޯ އެހުމުން އެކަންވެސް ވަނީ ފިލްމުގައި ހިމަނާފަ. ޕްލޮޓަކީ ކޮބައިކަމެއް އެނގޭކަށް ނެތް" ޓިމް ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އަދި މި ފިލްމު ނާކާމިޔާބު ވެފައިވަނީ މި ފިލްމު ސީކުއެންސްގެ ފުރަތަމަ ފިލްމު، "ޖޯކާ" އަށް ލިބުނު ކާމިޔާބީއާމެދު މާބޮޑަށް ވިސްނައި، އެއަށް ލިބުނު ރިވިއުތަކަށް މާބޮޑަށް ބަލައި އެއާ އެއްގޮތަށް އަމަލު ކުރުމުން ކަމަށްވެސް ޓިމް ވަނީ ބުނެފައެވެ.

މި ފިލްމުގައި ޓިމް ކުޅެފައިވަނީ އަރްކަމް އެސައިލަމްގެ ބޮޑީގާޑެއްގެ ރޯލެވެ. މި ފިލްމު ބޮކްސް އޮފީހުގައި ފެއިލް ވެފައިވާއިރު، އެތައް ބަޔަކު ވަނީ ނެގެޓިވް ރިވިއުތައް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން