ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވި ހިންދީ ކޮމެޑީ ފިލްމު "ބާގަމް ބާގް" ގެ ސީކުއެލް އެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2006 ގައި ރިލީޒް ކުރި އަކްޝޭ، ގޯވިންދާ އަދި ޕަރޭޝް ލީޑުން ފެންނަ ފިލްމު "ބާގަމް ބާގް" ގެ ސީކުއެލް އެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި "ބާގަމް ބާގް 2" ގެ ލީޑު ރޯލުން ފެންނާނީ ހަމަ މި ތިން ތަރިން ކަމަށް ރިޕޯޓުގައި ވެއެވެ.
މި ސީކުއެލް ގެ ސްކްރިޕްޓު މިހާރު ތައްޔާރު ކުރަން ފަށާފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް މި ފިލްމު އުފައްދަނީ އެހެން ޕްރޮޑިއުސަރެއް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ކޮމެޑީގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ތިން ލެޖެންޑުން ކަމަށްވާ އަކްޝޭ، ގޯވިންދާ އަދި ޕަރޭޝް އެކީގައި ފެނިގެންދާ މި ފިލްމަކީވެސް ކުރީގެ ފިލްމާ އެއްވަރަށް ކާމިޔާބު ފިލްމަކަށް ވާނެކަމަށް ފިލްމުގެ އުފެއްދުންތެރިން ގަބޫލު ކުރާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
އަދި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ މި ފިލްމުގެ މަސައްކަތްތައް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ލަފާކުރެއެވެ.
ރޯރިން ރިވާ ޕްރޮޑަކްޝަންސް އާއި ޝެމަރޫ އެންޓަޓެއިންމެންޓުން ގުޅިގެން އުފައްދާ މި ފިލްމު ރިލީޒް ކުރެވޭނެ ކަމަށް ބެލެވެނީ 2026 ކުރީކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު