ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ހުޅުމާލޭގައި އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި އަނިޔާކޮށް ބިރު ދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ފައިސާއަށް ޑިމާންޑްކުރި ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި މާލެ/ދަފްތަރު (9022)، ތޮލާލު މޫސާ (37އ.) ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ހަމައެކަނި އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ނިމިގެން ދިޔަ ހަފްތާގައި ވެސް ބޮޑު ގޭންގަކުން މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ.

އެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން