މަންމައާއި ބައްޕައާއި ދަރިފުޅު ހިމެނޭ އެއްވެސް ކައުންސިލެއް ނެތް ކަމަށް ބުނެ ޑިމޮކްރެޓްސް ޕާޓީން ރައީސް ޑރ، މުހައްމަދު މުއިއްޒަށް ފާޑުކިޔައިފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ 100 މީހުން އުޅޭ ރަށުގައިވެސް ފަސް ކައުންސިލަރުން މިހާރު ތިބޭ ކަމަށެވެ. އަދި އެ ކައުންސިލްގައި ތިބެނީ ބައްޕައާއި، މަންމައާއި، ދަރިންނާ ކަމަށާއި އެއިން އެކަކު މަހަށް ވެސް ދާ ކަމަށެވެ. އެހެންވެ ކައުންސިލްތަކުގެ ސައިޒް ކުޑަކުރަން ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޖާޒީ ގޮތެއްގައި މިސާލު ޖައްސަވަމުން ރައީސް ދެއްކެވި އެ ވާހަކަފުޅުތަކަށް އިޝާރާތްކޮށް ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނެޝެނަލް އެސެމްބްލީގެ މެމްބަރު އަދި ވ، އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ރައީސްގެ ވާހަކަފުޅަކީ ކައުންސިލްތަކަށް ކުޑައިމީސްކޮށް ދެއްކެވި ވާޙަކަތަކެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ މަންމައާއި ބައްޕަ އަދި ދަރިފުޅު ރަށު ކައުންސިލަކަށް އިންތިހާބުވިޔަސް އެއީ އެ ރަށެއްގެ ރައްޔިތުން ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ވިޔަސް އެހެން ބޭފުޅެއް ވިޔަސް އެކަމަށް އިހުތިރާމްކުރައްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާއެެކު ރަށްރަށުގެ ތެރޭގައި އަޅުގަނޑު ހަމަ ވަރަށް ޗެެލެންޖުކޮށްފައި ބުނަން ރައީސުލްޖުމްހޫރިއްޔާ އެ ރޭގައި ދެއްކެވި ވާހަކަ ފުޅުގައި އެގޮތަށް އިންތިހާބުވެފައި އޮތް އެއްވެސް ކައުންސިލެއް ރާއްޖޭގައި އޮތިއްޔާ ހަމަ މިހާރު އެ ވާހަކަ އަޅުގަނޑުމެން އެނގެން ބޭނުން. އެއްވެސް ރަށެއްގައި މަންމައާއި ބައްޕައާ ދަރި އިންތިހާބުވެފައި އޮތް ކައުންސިލެއް ނޯންނާނެ." ޝުޖާއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު