ހޯމް މިނިސްޓަރު އަލީ އިހުސާން--
ހޯމް މިނިސްޓަރު އަލީ އިހުސާން--
ގައުމީ ފެންވަރުގައި މުޅި ސައިބަރ ސްޕޭސް މެނޭޖުކުރަން ޖެހޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ސައިބަރ އެކްސްޕޯ 2024 ވެބްސައިޓް ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ސައިބަރ ސްޕޭސްގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރަން ޖެހޭ ކަމަށެވެ.

އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބަރ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރުވެސް ވަޒަން ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ އެންމަވަޔަރަމަންޓް ހިމާޔަތްކުރުމަކީ ހަމައެކަނި ވަކި އިދާރާއެއްގެ ނުވަތަ ކުންފުންޏެއްގެ ޒިންމާއެއްގެ ތެރޭގައި ހިމެނޭކަމެއް ނޫން ކަމަށެވެ.

"އޭގެ އިތުރަށް އެއީ ގައުމީ ފެންވަރުގައި މުޅި ސައިބަރ ސްޕޭސް މެނޭޖްކޮށް، ސައިބަރ ސްޕޭސް މެދުވެރިކޮށް އަންނަމުންދާ ނުރައްކަލަށް އަޅުގަނޑުމެންގެ ޑިފެންސް ގާއިމުކޮށް އެކަމަށް ގާބިލުވާންޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހިސާބުން ފެށިގެން، އެވަގުތު ރާއްޖޭގެ ސައިބަރ ސްޕޭސްގެ ހާލަތު އޮތްގޮތް ވަޒަންކޮށް ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން އެންމެ ފުރަތަމަ ނިންމި އެއް ނިންމުމަކީ ރާއްޖޭގައި އެކަމަށް ހާއްސަކޮށް އިދާރާއެއް ގާއިމުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެހިސާބުން ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ އުފެއްދެވީ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން