ރާއްޖޭގެ ކުށުގެ ވެށީގައި އުޅެނީ އެންމެ ދެ ޕަސެންޓު ޒުވާނުން، ކަމަށާއި އެ އަދަދު އިތުރަށް މަދުކުރެވޭނެކަމަށް ފުލުހުންގެ ސާވިސް ޑިވޮލޮޕްމަންޓްގެ ވެރިޔާ އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން އެކްސްގައި މިއަދު ވިދާޅުވީ ދިވެހި ގިނަ ޒުވާނުންނަކީ ގާނޫނާއި ގަަވައިދުތަކަށް ތަބާވާ ބައެއް ކަމަށެވެ.
އަދި ފަހުން ނެގި ޑޭޓާތަކަށް ރިއާޔަތްކޮށް ކުށުގެ ވެށީގައި އުޅެނީ 15 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އެއްމެ ދެ ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި މުޖުތަމައުގައި އެ މީހުން ބައިވެރިކޮށްގެން ކުށުގެ ވެށީގައި އުޅޭ މަދު ޒުވާނުންގެ އަދަދު އިތުރަށް މަދުކުރެވޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އަދި އެ މަދު ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީގެން މުޖުތަމައުގައި ބައިވެރިކޮށް އެ ޒުވާނުން ބާރުވެރިކޮށް ހަގީގީ މީހުންނަށް ހެދެނޭ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
"އެއާއެކު ރާއްޖެއަކީ އަމާން އަދި އުޖާލާ މުސްތަގުބަލަކާ ދިމާއަށް ދެވޭނެ." ޝިފާން ވިދާޅުވި އެވެ.
ކުށުގެ ވެށީގައި އުޅޭ ޒުވާނުން މަދުކުރެވޭނެ ކަމަށް ޝިފާން ވިދާޅުވި އިރު އެކި ކުށްތަކުގައި އުޅޭ ޒުވާނުން މަދުކުރުމަށް ނެޝެނަލް ސާވިސްއަށް ރެކްރޫޓްކުރަން ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ހާމަކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު