ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިރޭ ހުޅުއްވައިދެެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އައިޖީއެމްއެޗާއި ޖެހިގެން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޤާއިމްކުރި ހޮސްޕިޓަލެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފާފައިނުވާތީއާއި އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދީފައި ނުވާތީ އެތަނުގައި ހުރި މެޝިނަރީތައްވެސް ވަނީ ހަލާކުވެފައެވެ. އެ ހޮސްޕިޓަލު މިރޭ ހުޅުވީ އެ މެޝިނަރީތައް މަރާމާތުކުރުމަށްފަހު ޒަމާނީ އިތުރު ވަސީލަތްތަކާއެކު ކަމަށް ސަރުކާރުން ބުނެއެވެ.
ދަރުމަވަންތަ ޓަރޝަރީ ހޮސްޕިޓަލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރު އަކީ ކުޑަކުދިންނަށް ޙާއްސަ އީއާރުއެއްގެ ގޮތެއްްގައި ވަނީ ހަމަޖައްސާފައެެވެ.
25 ފަންގިފިލާ އަށް އިމާރަތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް އެޅި އެންމެ އަގު ބޮޑު އިމާރާތެވެ. އެހޮސްޕިޓަލު އެޅުމަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ބޮޑު ހޭދަ އެއް ސަރުކާރުން ވަނީކޮށްފައެވެ.

President Dr @MMuizzu inaugurates Dharumavantha Hospital as a tertiary-level facility. Earlier this month, the President announced the Administration’s commitment to enhancing healthcare services in the Malé region, which includes upgrading both Dharumavantha Hospital in Malé… pic.twitter.com/XcwY2Nt1Xz
— The President's Office (@presidencymv) November 15, 2024
ދަރުމަވަންތަ ޓަރޝަރީ ހޮސްޕިޓަލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރު އަކީ ކުޑަކުދިންނަށް ޙާއްސަ އީއާރުއެއްގެ ގޮތެއްްގައި ވަނީ ހަމަޖައްސާފައެެވެ.
25 ފަންގިފިލާ އަށް އިމާރަތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް އެޅި އެންމެ އަގު ބޮޑު އިމާރާތެވެ. އެހޮސްޕިޓަލު އެޅުމަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ބޮޑު ހޭދަ އެއް ސަރުކާރުން ވަނީކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު