ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިހައި ހައްޔަރުކުރި އެންމެން ބަންދުން ދޫކޮށްލައިިފި އެވެ.،
ހުޅުމާލޭގައި އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި އަނިޔާކޮށް ބިރު ދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ފައިސާއަށް ޑިމާންޑްކުރި ހާދިސާއާ ގުޅިގެން މިދިޔަ ހަފްތާގައި 12 މީހަކު ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި މާލެ/ދަފްތަރު (9022)، ތޮލާލު މޫސާ (37އ.)، ހދ. ކުމުންދޫ، ރަތްބަގީޗާގޭ، ހުސާމް އިބްރާހީމް (34އ)، ހދ. ކުމުންދޫ، ރަތްބަގީޗާގޭ، އާދަމް ޝަރީފް (36އ)، ގ. ކަޅަގާރިމާގެ، ހުސެއިން ހައިކަލް ނިޔާޒު (23އ) އަދި ހުޅުމާލެ ފްލެޓް ނަންބަރު 04-1-71, އަހްމަދު ރިޝްފާން (26އ) ހިމެނެ އެވެ.
އެ މައްސަލައިގައި ހުޅުމާލެ ކޯޓުން އޭރު ހަތް ދުވަހުގެ ބަންދުގެ މުއްދަތުވެސް ޖެހި އެވެ. ނަމަވެސް މިއަދު އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ހުޅުމާލެ ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އެ އެންމެން ބަންދުން ދޫކޮށްލީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.
އެ އެންމެން ދޫކޮށްލިއިރު ހޯމް މިނިސްޓަރު އަލީ އިހުސާަން ދާދި ފަހުން ވަނީ ރަހީނުކުރުން ފަދަ މައްސަލަތަކުގައި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު