ފަލަސްޠީނުގެ ހައްގުގައި އެންމެ ސާބިތު މަސައްކަތެއް ކުރެއްވި ވެރިޔަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ ފަަލަސްތީނުގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓުވަން މި ސަރުކާރުން ކުރަމުންދާ މިންނެތް މަސައްކަތް ބަލައިގަންނަ ކަމަށެވެ.
އަދި ދާދި ފަހުން ސައުދީ އަރަބިއްޔާގައި އޮތް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންގެ ޖަލްސާގައި ރައީސް މުއިއްޒު ކުރެއްވި ތަގުރީރަކީ ފަހަކަށް އައިސް ގައުމެއްގެ ވެރިއަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރު ކަމަށެވެ.
އަދި އިސްރާއިލަ ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަށް ތާއިދުކޮށް ރާއްޖެއިން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ހުޅަނގުގެ މަދަދާއެކު އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ ނާތަހުޒީބު، އަނިޔާވެރި އަދި ލަދެއް ނެތް އަމަލުތަކަކީ މި ވޭތުވެދިޔަ ތަނުގައި 100 އަހަރުގެ ތެރޭގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކެކެމުންދާ އުދާސްތަކާއި ވޭނާއި އަސަރު ރައީސް މުއިއްޒު އިހުސާސްކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ސާބިތުކަމާއެކު އެކަން ފާޅުކުރައްވަމުން ގެންދަވާ ކަމަށް ޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން." ރައީސް ވަހީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު