އުމަރު ނަސީރު--
އުމަރު ނަސީރު--
ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު މަޖިލިސް މެމްބަރުން ޕާޓީގެ ލީޑަރުގެ މުށުތެރޭގައި ތާާށިވެއްޖެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިިލީހަށް ހުށަހަޅައިގެން ގާނޫނު އަސާސީއަށް ފަސް އިސްލާހެއް އިއްޔެ ވަނީ ގެނެސްފަ އެވެ. އަދި ހަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެ އިސްލާހުތައް ތަސްދީގުވެސް ކުރައްވައިފަ އެވެ.

އިއްޔެ ގާނޫނު އަސާސީއަށް ގެނައި އެންމެ ވަރުގަދަ އެއް އިސްލާހަކީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި ބަދަލެވެ. އެއާއެކު މެމްބަރަކު ޕާޓީ ބަދަލުކުރިޔަސް ޕާޓީން ވަކިކުރިޔަސް އަދި ޕާޓީން އިސްތިއުފާ ދިނަސް ގޮނޑި ގެއްލޭނެ އެވެ. ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލަކީ މިހާރުވެސް އަމަލުކުރަމުންދާ ބިލެކެވެ. އެބިލު ފާސްކުރީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުންނެވެ. ނަމަވެސް ކުރިން އެކަމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ.

ނަމަވެސް އެ އިސްލާހަށް މިހާރު އިދިކޮޅުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި މުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް މިއަދު ކުރައްވައިފަ އެވެ.

އުމަރު ވިދާޅުވީ ޕާޓީ އެއްގެ ޓިކެޓްގައި މީހަކު މަޖްލިސް އަށް އިންތިޚާބު ވިޔަސް އެމެންބަރަކު ހޮވުމަށް ވޯޓުދޭ 75 ޕަސެންްޓް މީހުންނަކީ ޕާޓީގެ މީހުންނެއް ނޫނެވެ. އެހެންކަމުން މަޖްލިސް މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުން ކަމަށާއި އަދި ޕާޓީ ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި މިހާރު ގާނޫނަށް ގެނައި ބަދަލާއެކު އެތައް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު، މަޖްލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ 3 މެންބަރުންގެ ވޯޓުންކަން ވެސް އުމަރު ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލުގެ ސަބަބުން 'ރައްޔިތުންގެ މަޖްލިސް' މިހާރު އެ ބަދަލުވީ 'ޕާޓީގެ މަޖްލިސް' އަކަަށް ކަމަަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ފާއިތުވި 19 އަހަރު ދުވަސް ތެރޭ ރާއްޖެއަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ މި ޕާޓި ތަކުގެ ސަބަބުން ކަމަށެވެ.

"ގާނޫނު އަސާސީ އަށް މި ގެނެވުނު ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖްލިސް ގެ މެންބަރުން ޕާޓީގެ ލީޑަރުގެ މުށުތެރޭ ތާށިވީއެވެ. ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށްފިނަމަ ނުވަތަ ހިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން މަޖްލިސްގެ މެންބަރުކަން ގެއްލިގެންދާނެއެވެ. ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މަޖްލިސް މެންބަރަކަށް ދެންނޯންނާނެއެވެ. މަޖްލިސް މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ނިމުމަމަކަށް އައީއެވެ. މުޅި ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖްލިސް އެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބުނީއެވެ. ދެރައީ އަމިއްލަ ގައިގާ ވަޅިއެޅޭއިރުވެސް މަޖްލިސް މެންބަރުންނަށް އެކަން ނޭގޭކަމެވެ." އުމަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން