ރާއްޖެއިން ކޯވިޑް 19 އަށް ދެމީހަކު ޕޮޒިޓިވްވެ ކުރީގެ ހާލަތު ބަދަލުވެފައިވީނަމަވެސް އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަން ނިންމާނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުރެއްދޫ ރިޒޯޓުން ޝައްކުން ކުރެވިގެން ޓެސްޓްކުރި ދެ މީހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެކަން ހާމަކުރައްވައި މިހާރުގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ އިންތިޚާބު ފަސްކުރުމާއި ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައިވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިންތިޚާބަކީ ހަމައެކަނި ސަރުކާގެ އެއްޗެއް ނޫންކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބައިވެރިވުން ހިމެނޭ ކަމަކަށްވާތީ ސަރުކާރުން އެކަމާމެދު ގޮތެއް ނިންމާނީ ޕާޓީތަކާއެކު އިތުރަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ދެ މީހުން ފެނުމާއެކު އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމުންވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން މަޑުޖައްސާލާފައެވެ. އަދި ދެޕާޓީންވެސް ވަނީ އެކަން އާންމުކޮށް އިޢުލާން ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން