ރައީސުލްޖުމްހޫރިއްޔާ އިބްރާހީިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީިމް މުޙައްމަދު ޞާލިޙް
ކޯވިޑް-19 އާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ދެ ޤައުމުންވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ރައީސް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ބަލިމަޑުކަން ބާރަށްފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ބޮޑުވަޒީރުގެ މި ފޯން ކޯލްގައި ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަޞީލަތްތައް އިތުރުކުރުމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.

މީގެއިތުރުން ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލުބަދަލު ކުރަށްވާފައިވެއެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނުކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވާކަމަސް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މިފޯން ކޯލްގައި ދެޤައުމުގެ ލީޑަރުންވެސް، މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި މެދު ވާހަކަ ދައްކަވާފައި ވެއެވެ. އަދި މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދެބޭފުުޅުން ވާހަކަފުޅު ދައްކަވާފައިވާ ކަމުގައި ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއާއި، ލަންކާ އާއި ދެމެދު ވައިގެ ދަތުރުފަތުރުތައް މެދުކެނޑި ދިވެހިންގެ ގިނަ ބަޔަކަށް އެނބުރި ރާއްޖެނާދެވި ލަންކާގައި ތާށިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އެކަމުގައި ލުއި ގޮތްތަކެއް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ލަންކާގައި ތިބި ދިވެހިން ގެނައުމަށް މިމަހުގެ ފަސް ވަނަ ދުވަހު މޯލްޑިވިއަންގެ ދެ ފްލައިޓް ބޭއްވުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން