ދުވަހަކުވެސް ކޮސްމެޓިކް ޕްރޮސީޖަރެއް ނަހަދާ ކަމަށް ހޮލީވުޑްގެ ތަރި ޕެރިސް ހިލްޓަން ބުނެފިއެވެ.
ދާދި ފަހުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޕެރިސް ބުނެފައިވަނީ އޭނާ އަދި އުމުރުގެ މިހާތަނަށް ދުވަހަކުވެސް ކޮސްމެޓިކް ޕްރޮސީޖާ އެއް ހަދާފައި ނުވާ ކަމަށެވެ. އަދި އެއީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށްވެސް ޕެރިސް ވަނީ ބުނެފައެވެ.
"ދުވަހަކުވެސް ބޮޓޮކްސް، އިންޖެކްޝަން ނުވަތަ ސާޖަރީއެއް ނަހަދަން." ޕެރިސް މި ޕޮޑްކާސްޓުގައި ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އޭނާ ކުޑައިރު އޭނާގެ މަންމަ ވަނީ ވަރަށް ގިނަ ސްކިން ކެއާ ޓިޕްތައް ބުނެދީފައި ކަމަށެވެ. އަދި އޭނާގެ ހަންގަނޑު އެހާ ރީތިވަނީ މަންމަ ބުނެދިން ގޮތަށް ކަންކަން ކުރުމުން ކަމަށްވެސް ޕެރިސް ވަނީ ބުނެފައެވެ.
ޕެރިސް އަކީ ހޮލީވުޑަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަރިއެކެވެ. އޭނާއަކީ ކުޅަދާނަ ލަވަކިޔުންތެރިއަކަށްވީއިރު، އޭނާ ވަނީ ތަފާތު އެކި ފިލްމުތަކުގައި އެކްޓުވެސް ކޮށްފައެވެ. އޭނާއަށް ފިރިމީހާ ކާޓާ ރީމް އާއެކީ ދެ ދަރިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު