މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން 18 މާރޗް 2020 ވީ ބުދަ ދުވަހު ނިންމި ނިންމުން މިހިނގާ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ އަސްރު ނަމާދާއި ހަމަޔަށް އިތުރުކުރަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި، ރާއްޖޭގެ ދީނީ ޢިލްމުވެރިން ގެންދަނީ ނަޞޭޙަތްތެރި ވަމުންނެވެ.

މިއީ މިޙާލަތަށް ރިޢާޔަތްކޮށް އެޅިފައިވާ ފިޔަވަޅެއްކަމުގައިވާތީ، މި ޙާލަތު ބަދަލުވުމުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ކުރިއަށް ގެންދިއުމަށް އަންގާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން