ދަރުމަވަންތަ ހޮސްޕިޓަލު
ދަރުމަވަންތަ ހޮސްޕިޓަލު
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ ޒަހަމްވެފައި އޮތް މި ދިވެހި މީހާ ފެނުނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ކަމަށެވެ.

އަދި އެ މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

“މީހާގެ ބޮލަށް އަނިޔާ ވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވޭ. އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ.” ފުލުހުން މިއަދު ބުނެފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އަދި ޙާދިސާގެ އިތުރު ތަފްސީލުތައް ލިބެމުންދާ ވަރަކުން މީޑީއާއަށް ޙިއްސާ ކުރަމުން ދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން