އަމިއްލަ މަންމައަށް ބިރު ދައްކައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމަރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ. ހުވަދުގަދަކޯޅި/ އިބްރާހިމް ނިމާޒް( 40އ.) އެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ނިމާޒް ހައްޔަރުކުރީ ފެމެލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފަށް އޭނާގެ މަންމަގެ އަތުން ގަދަކަމުން ފައިސާ ހޯދަން މަސައްކަތްކޮށް ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައިގަ އެވެ.

އެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވާ ކަމަށް ބަންދު އަމަރުގައި ބުނެފައި ވެއެވެ.

ބަންދު އަމަރުގައި ބުނީ އޭނާ އެ ކުށް މީގެ ކުރިން ވެސް ތަކުރާރުކޮށްފައިވާ ކަމަށާއި އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަތް ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މަންމައަށް އަނިޔާކޮށް ފޭރުނު މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހު ވެސް މީހަކު ހައްޔަރުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން