ވެލާނާ އިންޓަނޭޝަނަލް އެއާަޕޯޓުގައި އާ ޓާމިނަލްގައި ޑޮލަރު މާރުކުރަން ހުރިހާ ބޭންކުތަކެއްގެ ކައުންޓަރުތައް ބަހައްޓަން ނިންމައިފި އެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ އަންނަ އަހަރަކީ ޓާމިނަލް ހުޅުވިގެންދާ އަހަރުކަމަށް ވާތީ ވިޔަފާރިތަކަށާއި އިންޑަސްޓްރީއަށް ފަސޭހަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ބޭންކުތަކާ ވެސް މަޝްވަރާކުރަމުންދާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
"އެހެން ގައުމުތަކުގައި ހުންނަ ގޮތަށް އަޅުގަނޑުމެންނަށް ފެނިގެންދާނެ ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތަކެއް." ގަވަރުނަރު ވިދާޅުވި އެވެ.
އޭރުން ފަތުރުވެރިން އައިސް އެ ކައުންޓަރުތަކުން 500 ޑޮލަރު މާރުކޮށްލެވޭނެ ކަމަށާއި އެއާއެކު އިންޑަސްޓްރީ ބޭފުޅުންނަށް ވެސް ފަސޭހަ ވެގެން ދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"ހަމަ އެގޮތަށް (ފަތުރުވެރިން) އައިސް ދަމުން އިތުރަށް ހުރެއްޖެނަމަ އަނެއްކާ މާރުކޮށްގެން ދާނީ. މިއީ އަޅުގަނޑުމެން ދަތުރުކުރާ އެންމެންވެސް ކުރާކަމެއް މިއީ." ގަވަރުނަރު ވިދާޅުވި އެވެ.
މިޙާރުވެސް ވީއައިއޭގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ޑިޕާޗާ އަދި އެރައިވަލްގައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު