ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި އައި ޑީ ކާޑް ހަދަން ފޮޓޯ ނަގަނީ (ފޮޓޯ:- ޑީއެންއާރް އެފް ބީ ޕޭޖް)
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި އައި ޑީ ކާޑް ހަދަން ފޮޓޯ ނަގަނީ (ފޮޓޯ:- ޑީއެންއާރް އެފް ބީ ޕޭޖް)
ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އަންގައިފިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ވަނީ މެދުކަޑާލާފައެވެ.

އެހެންކަމުން އެ ޑިޕާޓްމަންޓުން އަންގާފައި ވަނީ، އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

މިގޮތަށް އަމަލު ކުރަމުން ގެންދާނީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން