ފެންވަރު ރަނގަޅު ޕްރައިމަރީ ހެލްތު ކެއާއާއި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް ދިނުމަށް މާލެއާއި އަތޮޅު ތެރޭގައި ސެންޓަރުތަކެއް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ނިންވެމުން ރައީސް ނިންމެވީ ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
އެގޮތުން މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި އެފަދަ ސެންޓަރުތައް ގާއިމުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ތަންފީޒުކުރަން ފަށަން ނިންމާފައިވާ އިރު މާލެއާއި ސިޓީތަކާއި އަދި ރީޖަނަލް ތަންތަނުގައި އެ ސެންޓަރުތައް ގާއިމުކުރުމަށް މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބަލައި މި މަސައްކަތް އަވަސްކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން ފިނޭންސް، ހެލްތު އަދި ސޯޝަލް މިނިސްޓްރީއާ މަޝްވަރާކޮށް އެ ސިސްޓަމުގެ ތެރެއިން ސިއްހީ ހިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނޭގޮތަކަށް އެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު