ކޯވިޑް-19 ޓާސްކްފޯސްއާއި ރައީސް ބައްދަލު ކުރައްވަނީ
ކޯވިޑް-19 ޓާސްކްފޯސްއާއި ރައީސް ބައްދަލު ކުރައްވަނީ
ބަންގްލަދޭޝްގައި މިވަގުތު ރަޖިސްޓްރީ ކޮށްފައި ތިބީ 85 ދިވެހިން ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމީހުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަން ހާމަ ކުރައްވަމުން މަބްރޫކް ވިދާޅުވީ ސްރީ ލަންކާއާއި އިންޑިއާގެ ކޮޗިން ގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިގޮތުން މާދަމާ ލަންކާއިން 100 މީހުން ގެނެވޭނެ ކަމަށާއި، ކޮޗިންނަށް ކުރާ ދަތުރުގައި 200 މީހުން ގެނެވޭނެ ކަމަށް މިރޭގެ ނޫސްކޮންފަރެންސްގައި މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް މި ދަތި ދަނޑިވަޅުގައި، މި ފަދަ ކަންތައްތައް ފަހިވެގެން އަންނަނީ އެހެން ގައުމުތަކާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށާއި، މިވަގުތު ސިޔާސީ މަޤްބޫލުކަން ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލައި، ދިވެހި ރައްޔިތުންނާއި އިޤްތިޞާދަށްޓަކައި ޔަގީން ނުވާ ވާހަކަތައް ނުދެއްކުމަށް މަބްރޫކް ވަނީ އިލްތިމާސްކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން