ނުރައްކާތެރި މާރާމާރީތަކެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެ މައްސަލަގައި ފަސް ދިވެހި ފިރިހެނަކު ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނެެއްގެ އިތުރުން 21 އަހަރާއި 26 އަހަރުގެ ފިރިހެނެކެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ކުރިން އެކި ފަހަރު އިތުރުކޮށްފައިވާ އިރު އެ އެންމެންގެ މައްޗަށް ތުހުމަތުކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރާ ހިންގަން އުޅުމެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން މާރާމާރީ ހިންގައި ރާވަން އުޅޭކަމުގެ ތުހުމަތުތަކަށް ބާރުލިބިދޭ ހެއްކެއް ފުލުހުން ހުށަހަޅާފައެއް ނުވެއެވެ. އެހެންވެ އެ އެންމެން ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ފުލުހުން ވަނީ ސިލްސިލާކޮށް ހިންގަމުން އައި މާރާމާރީތަކަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު