ރައީސް ސޯލިހު
ރައީސް ސޯލިހު
މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށި ނަމަވެސް އެކަން އެގޮތަށް ގަވާއިދުން ކުރެވިދާނެ ކަމާ މެދު ކުރީގެ ރައީސް ސޯލިހު ސުވާލު އުފައްދަވައިފި އެވެ.

މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެހެން ނަމަވެސަ ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް ބޮޑު ބެކްލޮގާއެކު މި ސަރުކާރަށް އަަހަރެއްވި އިރުވެސް އެގޮތަށް ފައިސާ ދޫކުރެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް ބެކް ލޮގް ސާފުކޮށް އިއްޔެ ވަނީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފަ އެވެ.

އެހެން ނަމަވެސް ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ތަނުގައި 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނެކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

"އެކަން ކޮށްފިއްޔާ ވަރަށް ރަނގަޅު. އެހެން ނަމަވެސް އެއީ [ރައީސް މުއިއްޒު އަކީ] އިތުުބާރު ކުރެވޭ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލަކަށް ރައީސް ސޯލިހު ވަޑައެއް ނުގަންނަވަ އެވެ.

މި ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު މިހާރު ވަނީ ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން