ވަޒީފާއާ ގުޅޭ އެކިއެކި މައްސަލަތަކުގައި ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޯވިޑް-19 ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓުތަކާއި އެހެން ވެސް ވަޒީފާތަކުން ވަކިކުރެވޭ މީހުން ވަޒީފާތަކުން ވަކިކުރިކަން ސަރުކާރަށް އެންގުމަށްޓަކައި ޤާއިމުކުރި ޖޮބް ސެންޓަރގައި ރަޖިސްޓްރީ ކުރާ މިންވަރު އިތުރު ވެފައިވާ ކަމަށެވެ.
އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް ބަދަލު އައިސްގެން ހޮނިހިރު ދުވަހުގެ ނިޔަލަށް 677 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓަރ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 ވަރަކަށް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު