ހައުސިން މިނިސްޓަރު ހައިދަރު--
ހައުސިން މިނިސްޓަރު ހައިދަރު--
ހައުސިން މިނިސްޓްރީގައި ރޯވެ އަނދަމުން ދިޔަ ނަމަވެސް ފްލެޓް ލިސްޓަށް އަސަރު ނުކުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިންގެ އިތުރުން ކޮންސްޓްރަކްޝަން އަދި އެންވަޔަރަމަންޓް މިނިސްޓްރީ ވެސް ހިންގާ މ. ގްރީން ހައުސް ޢިމާރާތުގައި އަލިފާން ރޯވީ މިއަދު ހެނދުނު އެވެ. އަދިވެސް އެ އަލިފާންގަނޑު ނިއްވާ ނުލެވެ އެވެ.

އެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހައުސިން މިނިސްޓްރީގެ ގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އަދި އަލިފާން ރޯވި ނަމަވެސް އެ މިނިސްޓްރީން މިހާރު ކުރަމުން ގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ ލިޔުންތަކަކީ އެ މިނިސްޓްރީގެ ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ އެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

އެ ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރަންމުންދާ ކަމަށް ވެސް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރަން މި ސަރުކާރުން އެކި ތާރީޚުތައް މިހާތަނަށް ދީފައިވެއެވެ. ނަމަވެސް އެ ލިސްޓު އިތުރަށް ރިވިއުކުރަން ކަމަށް ބުނެ މިިދިޔަ މަހު 16 ވަނަ ދުވަހު ވަނީ ލިސްޓު އާންމުކުރުން ވަކި މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން