ރ. އުނގޫފާރުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފި އެވެ.
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށަން ކުރިން ޕްލޭންކޮށްފައި އޮތީ މިދިޔަ ރޯދަ މަހަށް ފަހު އެވެ. ނަމަވެސް ޝެެޑިއުލާ އެއްގޮތަށް މަސައްކަތް ނުގޮސް އެ ހިދުމަތް ފެށުން އޮތީ ލަސްވެފަ އެވެ.
ނަމަވެސް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
އެ ހިދުމަތް އިފްތިތާހުކުރުމަށް ފަހު ހެލްތު މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާރޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އަދި އެ ވައުދު ވުއްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ރޭ ވަނީ ދެއްވައިފަ އެވެ.
އުނގޫފާރުގައި އެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެސްޓީއޯގެ މެޑިކަލް ސާވިސާސްއިންނެވެ.
އުނގޫފާރު ހޮސްޕިޓަލަކީ މިހާރުވެސް ރ. އަތޮޅުންނާއި ބ. އަތޮޅުން ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު