ކާފިއުގެ ވަގުތުގައި ނުކުތް ބަޔަކު ހުއްޓުވައިގެން
ކާފިއުގެ ވަގުތުގައި ނުކުތް ބަޔަކު ހުއްޓުވައިގެން
ތިން ގަޑިއިރުގެ ކުރު ކާފިއުގެ ވަގުތުގައި 141 މީހަކު މިއަދު ވެސް މަގުމައްޗަށް ނުކުމެ ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލްގެ އަމުރު މުގުރާ ލުމުންވެސް އެއްވެސް އަދަބެއް ނުދީ ޖޫރިމަނާއެއް ވެސް ނުކޮށް ނަސޭހަތް ދީފައި ދޫކޮށްލައިފިއެވެ.

ކޯވިޑް-19 އާބެހޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް މިރޭ ވިދާޅުވީ، އެއީ 119 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ކާފިއު ހިންގައި ބޭރަށް ނުކުމެ އުޅުން މަނާވަގުތުތަކުގައި ބޭރަށް ނުނުކުތުމަށް އިލްތިމާސް ކުރައްވައި މިދަނޑިވަޅުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން މަބްރޫކް ހާމަކުރެއްވިއެވެ.

ކާފިއު ހިންގާ ވަގުތުތަކުގައި މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަޞޭޙަތްދީ، އަދި އޭގެ ފަހުން 1،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް މާލެ ސަރަަހައްދުގައި 3 ގަޑިއިރަށް ކާފިއު އިޢުލާނުކޮށްފައިވާއިރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކަށް މީހުން ނުކުމެ އުޅުމާއި އުޅަނދުފަހަރު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން އެކީގައި ނުކުމެ މަގުމަތީގައި އުޅޭ ނަމަ ނަޞޭޙަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން