މާލެ ދަތުރުކުރަމުން ދިޔަ ބޯޓަކުން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއަތަކަށް ފޮނުވި މެސެޖުގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ އައްޑޫން ފުރައިގެން މާލެ ދަތުރުކުރި "ސީމެކްސް" ބޯޓުގައި މަސައްކަތްކުރަމުންދިޔަ ނޭޕަލްގެ ފަޅުވެރިއެއް ކަމަށްވާ ރާޖު ކުމާރު ކަމަށެވެ.
ރޭގެ ވަގުތެއްގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުުރި އިރު އެ ބިދޭސީ މީހާ ނެތްކަން އެނގުނީ ފުވައްމުލަކުއާ 10 މޭލަށް ކައިރިވި ފަހުންކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ބޯޓު ރޭ 11:30ކަންހާ އިރު ފުރިއިރު އެ ބިދޭސީ މީހާ ހުރި ކަމަށާއި އަދި ރޭ 1:30ކަންހާ އިރު ވެސް އެ މީހާ ކެޕްޓަންއާ ވާހަކަ ދެއްކިކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ.
އެ ބިދޭސީ މީހާ ހޯދަމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރު ފަށައިފައިވާ އިރު ފުލުހުން ވެސް އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު