ގިނަ އަދަދަކަށް މީހުން އެއްވެފައި ތިބި ޣައްޒާގެ ހޮސްޕިޓަލެއް ކައިރިއަށް ހަމަލާދީ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަށް މީހަކު ޝަހީދުކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިންގެ މި ހަމަލާ އަމާޒުވެފައި ވަނީ ޣައްޒާގެ އުތުރު ބެއިތުލަހިޔާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށެވެ. މި އިމާރާތުގައި ގިނައިން ދިރިއުޅެމުން ދިޔައީ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާންމުންނެވެ.
މި ދަނޑިވަޅުގައިވެސް އިސްރާއީލު ސިފައިން ގެންދަނީ ކަމާލް އަދުވާން ހޮސްޕިޓަލް ވަށައިގެން ގޮވާތަކެތި ހިފައިގެން ވެހިކަލްތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ހޮސްޕިޓަލަށާއި އެތާ ވަށައިގެންވާ އިތުރު އިމާރާތްތަކަށްވެސް ދޭތެރެދޭތެރެއިން އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ.
މީގެއިތުރުން، އދ.ގެ އިންސާނީ އެޖެންސީ (އޯސީއެޗްއޭ) އިން ބުނާ ގޮތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް އުތުރު ޣައްޒާއަށް އެހީގެ މިޝަންތައް ދަނީ ހުއްޓުވަމުންނެވެ. އެގޮތުން އަންގާރަ ދުވަހުވެސް ޣައްޒާއަށް ކާބޯތަކެއްޗާއި ފެން ހިފައިގެން ދިޔަ ތިން ކޮންވޯއީ އިސްރާއީލުން ވަނީ ހުއްޓުވައި އަނބުރާ ފޮނުވާފަ އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 45،059 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 107،041 މީހުން ވަނީ ޒަހަމްކޮށްފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގެ 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު