ފަލަސްތީނުގެ ޣައްޒާގެ އިމާރާތެއްގެ ދަށަށް ވަދެ އުޅެނިކޮށް އިސްރާއީލުގެ ދެ ކޮމާންޑަރަކު މަރުވެއްޖެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާއާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދެއްގައި ދެ ކޮމާންޑަރުން ހަރަކާތްތެރިވަނިކޮށެވެ. އިސްރާއީލުން ވަނީ މަރުވި ދެ ކޮމާންޑަރުންގެ ވަނަވަރާއި އެ ދެ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފައެވެ.

އިމާރާތުގެ ދަށުވެ މަރުވީ ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާގެ ކޮމްޕެނީ ކޮމާންޑަރެއް ކަމަށްވާ މޭޖާ، މޮޝިކާ ރޮޒެންވަލް 35 އަދި ސްކޮޑް ކޮމާންޑަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް އެލެކްސެންޑާ އަނޮސޯވް 26، އެވެ.

ދެ ކޮމާންޑަރުންގެ އިތުރުން އެ ހާދިސާގައި ނިރުބަވެރި ސިފައިންގެ އިތުރު ދެ މީހުންނަށް އަނިޔާވި ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ޖެހި ދަންތުރައެކެވެ. އެކަމަކު، އިސްރާއީލުން އެކަމަކަށް އެއްބަހެއް ނުުވެއެވެ. އެމީހުން ބުނީ އެ އިމާރާތުގެ ތެރޭގައި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި އެ އިމާރާތް ވެއްޓުނީ ގެއްލުންވެފައި ހުރި މިންވަރު ބޮޑުކަމުން ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

މި ހާދިސާއާއެކު ޣައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ބޮޑު ގަތުލުއާންމުގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު މިހާރު ވަނީ 388 އަށް އަރައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން