އެމްއެންޑީއެފްގެ ޑައިވަރުން--
އެމްއެންޑީއެފްގެ ޑައިވަރުން--
މާލެ ދަތުރުކުރަމުން ދިޔަ ބޯޓަކުން ގެއްލުނު ބިދޭސީގެ ފަޅުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް މިއަދުވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހޯމަ ދުވަހުގެ ރޭ އައްޑޫން ފުރައިގެން މާލެ ދަތުރުކުރި "ސީމެކްސް" ބޯޓުގައި މަސައްކަތްކުރަމުންދިޔަ ނޭޕަލްގެ ފަޅުވެރިއެއް ކަމަށްވާ ރާޖު ކުމާރު އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމަށް ކަނޑުމަގުން އޮޕަރޭޝަނެއް ހިންގައި 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް މިއަދު ވެސް ބަލާފައިވާ ކަމަށެވެ.

ނަމަވެސް އެ މީހާގެ ހިލަމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ބިދޭސީ މީހާ ނެތްކަން އެނގުނީ ބޯޓު ފުވައްމުލަކުއާ 10 މޭލަށް ކައިރިވި ފަހުންކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ. އަދި ހޯމަ ދުވަހުގެ ރޭ 11:30ކަންހާ އިރު ބޯޓު ފުރިއިރު އެ ބިދޭސީ މީހާ ހުރި ކަމަށާއި އަދި ހަމަ އެ ރޭ 1:30ކަންހާ އިރު ވެސް އެ މީހާ ކެޕްޓަނާ ވާހަކަ ދެއްކިކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން