އުމަރު ނަސީރު--
އުމަރު ނަސީރު--
ކޮރަޕްޝަންގައި ޕީއެންސީއާއި އެމްޑީޕީވެސް ހަމަ އެއްވަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ،

ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން އުމަރު އެކްސްގައި ވިދާޅުވީ ޕީއެންސީއާއި އެމްޑީޕީއަކީ ވެސް ވައްކަމާ ކޮރަޕްޝަންގައި، އެއްބަޔަކު އަނެއްބަޔަކަށް ދޫނުކުރާ ވަރުގެ ވާދަވެރި ދެޕާޓީ ކަމަށެވެ.

އެހެންކަމުން ޕާޓީތަކުން ހިންގާ ވައްކަންތައް ހުއްޓުވޭނީ އަތް ކަނޑައިގެން ކަމަށް އުމަރު ވިދާޅުވި އެވެ.

"[އެކަން ވާން އޮތީ] އަތްކަޑަން ކެރޭވަރުގެ 3 ވަނަ މީހަކު އައިސްގެން." އުމަރު ވިދާޅުވި އެވެ.

މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފު ކުރިފަހުން ގިނަ ރިޔާސީ އިންތިހާބުތަކުގައި ވާދަކުރައްވައިގެން މާބޮޑު ތަރުހީބެއް ލިބިވަޑައިގެންފައި ނެތް ނަމަވެސް އުމަރަކީ ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި އޮންނަ އަތްކެނޑުމާއި މަރުގެ އަދަބު ތަންފީޒުކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން