އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރެން އުޅުނު މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އެ މައްސަލައިގައި ފުލުހުން އިއްޔެ ހައްޔަރުކުރީ ފ. ފިޔަބަރިގެ ހަސަން އިސާމް 30އ އެވެ.
މާލޭގައި ރޯމާ ދުވާލު ހިނގި އެ ހާދިސާގައި އިސާމް ސައިކަލު ދުއްވަމުން ގޮސް ހަމަ ސައިކަލުގައި ދިޔަ އަންހެނަކާ އަރާ ހަމަކުރުމަށް ފަހު އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރެން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެސްވެފަ އެވެ.
ފުލުހުން މިއަދު ބުނީ އިސާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުންގެ ތަރުޖަމާން މުހައްމަދު ޝިފާން މީގެ ކުރިން ވިދާޅުވީ އިސާމް ދުއްވަން އިން ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާއިން ފެންނަ ގޮތުން އިސާމް ވަނީ އަންހެން މީހާގެ ދަބަސް ވެސް ފޭރެން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އަންހެން މީހާ ކައިރީގައި ހުރި ގޯޅިތެރެއަށް ވަންނަން މަސައްކަތް ކުރުމާއި އަދި އެ ސަރަހައްދަށް މީހުން ވެސް ޖަމާވާން ފެށުމުން އިސާމްއަށް އެކަން ކާމިޔާބުވާ ގޮތް ނުވެ އޭނާ ވަނީ ސައިކަލުގައި އެ ސަރަަހައްދު ދޫކޮށް ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު