ޔަމަންގައި ހަރަކާތްތެރިވާ ހިޒްބުالله އިން ފޮނުވާލި ވައިގެ ހަމަލާއެއް އިސްރާއީލަށް އަމާޒުވެ 14 މީހަކަށް އަނިޔާވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.
ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޔަމަނުން ފޮނުވާލި މިސައިލެއް އެގައުމުގެ ޓެލް އަވީވްގެ ސަރަހައްދަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން ނިރުބަވެރިން ބުނީ ޔަމަންގެ މި ހަމަލާ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކަށް ނުހުއްޓުވުނު ކަމަށެވެ.
މި ހަމަލާ އަމާޒުވީ އިސްރާއީލުގެ ވެރިރަށް، ޓެލްއަވީވްގައި ހުންނަ ޕަބްލިކް ޕާކަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާކަން އަދި ޔަގީން ނުވާއިރު ހަމަލާގައި ގެއްލުންވީ ކިހާ މިންވަރަކަށްތޯ އިސްރާއީލުން ހަމާއެއް ނުކުރެއެވެ.
އަލްޖަޒީރާ އަރަބި އަދި އިސްރާއީލުގެ މީޑިއާތަކުންވެސް ވަނީ ޔަމަންގެ މި ހަމަލާގައި މިސައިލް އަމާޒުވީ ޓެލްއަވީވްގެ ޕަބްލިކް ޕާކަކަށް ކަމަށް ބުނެފައެވެ.
މީގެ ކުރިންވެސް ޔަމަނުން ފޮނުވާ މިފަދަ ބައެއް ހަމަލާތައް އިސްރާއީލަށް އަރާފައިވާއިރު މި ހަމަލާތަކުގެ މާބޮޑު ތަފްސީލެއް އެ ގައުމުން އެހާ ބޮޑަށް ހާމަނުކުރާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު