ހިޔާ ފްލެޓުން ހައްޔަރުކުރި މީހުން
ހިޔާ ފްލެޓުން ހައްޔަރުކުރި މީހުން
ހިޔާ ފްލެޓްތަކުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު ބަޔަކި ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަން ހިންގީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އިއްޔެ ހިންގި އޮަޕަރޭޝަންގައި ހަތަރު މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، އަބްދުﷲ ހަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ހުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، އަބްދުﷲ ޖަމީލު (32އ) އެވެ.

"މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް އެޗް 11-20-9 އެޕާޓްމަންޓް ބަލައިފާސްކޮށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވެއެވެ." ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް އެ ފްލެޓުން އަތުލައިގަތީ ކިހާ ފައިސާއެއް ކަމާއި އަދި ފެނުނު މަސްތުވާތަކެތީގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން